އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމަށް ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ "ބޮޑު ބަދަލު" ކެމްޕޭނުގެ ފަރާތުން ބާއްވާ ހާއްސަ އަދި ބޮޑު ޖަލްސާ މި ހިނގާ މޭ މަހުގެ 21 ވާ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވުމަށް އެ ކެމްޕޭން ޓީމުން ތައްޔާރުވާން ފަށައިފިއެވެ.
"އަންނި ފޯ ޗެއާ" އަދި "ވޯޓް އަންނި" ސްލޯގަންގެ ދަށުން ކުރިއަށްދާ މި ހަރަކާތުގެ މައި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ އެ ރޭގެ 8:45 ގައި މާލޭ އާޓިފިޝަލް ބީޗުގައެވެ.
މި ޖަލްސާއަކީ ރައީސް ނަޝީދު އެމްޑީޕީގެ އިސްލާހީ ހަރަކާތްތަކާ އެކު، ގައުމުގެ ވެރިކަމުގެ ނިޒާމަށާއި ގާނޫނުއަސާސީއަށް ގެންނަން ހުށަހަޅުއްވާ "ބޮޑު ބަދަލު" އިވޭލުއޭޓްކޮށް، އާންމު ރައްޔިތުންނާއި ޕާޓީގެ މެންބަރުންނަށް އެ ތަސައްވުރު ހިއްސާކުރެއްވުމަށް ބާއްވާ ވަރަށް މުހިންމު ހަރަކާތެކެވެ.
ކެމްޕޭން ޓީމުން ބުނި ގޮތުގައި މި ޖަލްސާގައި ރައީސް ނަޝީދުގެ އިތުރުން ޕާޓީގެ އިސް ސިޔާސީ ފަރާތްތަކުން ބައިވެރިވެވަޑައިގެން ވާހަކަދައްކަވާނެއެވެ.
އެހެންކަމުން، އެމްޑީޕީގެ އެންމެހާ މެންބަރުންނާއި ރައީސް ނަޝީދަށް ތާއީދުކުރައްވާ ފަރާތްތަކުން އެ ރޭގެ ޖަލްސާއަށް ހާޒިރުވުމަށް އެ ކެމްޕޭނުން ވަނީ ދައުވަތު އަރުވާފައެވެ.

ކިޔުންތެރިންގެ ހިޔާލު