މާލެ ވޯޓަ އެންޑް ސްވެރޭޖް ކޮމްޕެނީ ލިމިޓެޑް (އެމްޑަބްލިޔުއެސްސީ) ގެ ޗެއާމަންގެ މަޤާމުގައި ހުންނެވި ޝަމްހޫޒާ އަޙްމަދު މިއަދު އެ މަޤާމުން ވަކިކޮށްފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު، ޕީސީބީން ބުނީ، ޝަމްހޫޒާ އަޙްމަދު މިއަދުން ފެށިގެން އެމްޑަބްލިޔުއެސްސީގެ ޗެއަރމަންކަމުގެ މަޤާމުންނާއި އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ވަކިކޮށްފައިވާ ކަމަށެވެ.
ޝަމްހޫޒާ މި މަޤާމުން ވަކިކޮށްފައި މިވަނީ، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ހިންގުން އިތުރަށް ހަރުދަނާކޮށް، ހިންގުންތެރިކަން އިތުރުކުރުމަށްޓަކައި ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިންނެވެ.
އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަންނަނީ އެކި ކުންފުނިތަކުގެ ބޯޑުތަކަށް ބަދަލުތައް ގެންނަވަމުންނެވެ.
ޝަމްހޫޒާ އަޙްމަދަކީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އެމްޑަބްލިޔުއެސްސީގެ ޗެއާމަންކަމަށް އައްޔަންކުރެއްވި ބޭފުޅެކެވެ. އޭނާ މަޤާމުން ވަކިކުރެއްވި ސީދާ ސަބަބެއް ޕީސީބީން ހާމަކޮށްފައެއް ނުވެއެވެ.

މާލެ ވޯޓަރ އެންޑް ސްވެރޭޖް ކޮމްޕެނީ ލިމިޓެޑްގެ، ޗެއަރމަންކަމުގެ މަޤާމުންނާއި، ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމުން ސ. ފޭދޫ ނާޒުކީގޭ އަލްފާޟިލާ ޝަމްހޫޒާ އަޙުމަދު މިއަދުން ފެށިގެން ވަނީ ވަކިކޮށްފައެވެ.
— Privatization & Corporatization Board (@pcb_gov) May 17, 2026
އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަންނަނީ އެކި ކުންފުނިތަކުގެ ބޯޑުތަކަށް ބަދަލުތައް ގެންނަވަމުންނެވެ.
ޝަމްހޫޒާ އަޙްމަދަކީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އެމްޑަބްލިޔުއެސްސީގެ ޗެއާމަންކަމަށް އައްޔަންކުރެއްވި ބޭފުޅެކެވެ. އޭނާ މަޤާމުން ވަކިކުރެއްވި ސީދާ ސަބަބެއް ޕީސީބީން ހާމަކޮށްފައެއް ނުވެއެވެ.
ކިޔުންތެރިންގެ ހިޔާލު