ކުރީގެ ރައީސުންނަށް ދައުލަތުން ދެމުންދާ އިނާޔަތްތަކާއި ރައްކާތެރިކަން އަލުން މުރާޖާކުރަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ޕީޖީ ލީޑަރު މުހައްމަދު އިސްމާއީލް މިހެން ވިދާޅުވީ، ކުރީގެ ތިން ރައީސުން ކަމަށްވާ ރައީސް މުހައްމަދު ނަޝީދާއި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އިތުރުން ރައީސް ޔާމީން އަބްދުލްގައްޔޫމް ބޭއްވެވި ބައްދަލުވުމަށް ފަހު، ހިނގާދިޔަ ކަންތައްތަކާ ގުޅިގެންނެވެ.
އެގޮތުން އެރޭގެ ވީޑިއޯއަކާއެކު "އެކްސް" ގައި މުހައްމަދު ވިދާޅުވީ، ކުރީގެ ރައީސުންނަށް ދައުލަތުން އިނާޔަތާއި ސަލާމަތާއި ރައްކާތެރިކަން ދެނީ ދައުލަތުގެ އެންމެ މަތީ ވެރިޔާގެ މަގާމު އަދާކުރަށްވާފައިވާތީ، ޝަރަފްވެރިކަމާއެކު ދިރިއުޅެވޭނެ މަގު ތަނަވަސްކޮށްދިނުމަށް ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ.
ނަމަވެސް، މިހާރު ފެންނަމުންދަނީ އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފަށް، ތަކުރާރުކޮށް އެކި ސިފަސިފައިގައި ރައްޔިތުންގެ ތެރެއިން މަދު ބަޔަކު މާލޭގެ މަގުތަކަށް ނެރެ، ޤައުމު ބައިބައިކޮށް ފިތުނަވެރިކުރުވަން މަސައްކަތްކުރާ މަންޒަރު ކަމަށް އޭނާ ވިދާޅުވިއެވެ.
އޭގެއިތުރުން މުޙައްމަދު ވިދާޅުވީ، މިފަދަ އަމަލުތަކަކީ ބަލައިގަނެވޭނެ ކަންކަމެއް ނޫން ކަމަށާއި، ރާއްޖޭގެ މުޖުތަމައުގައި އިޖުތިމާއީ އަދާލަތު ނަގަހައްޓާ ދެމެހެއްޓުމަކީ އެންމެންގެ މައްޗަށް އޮތް ޒިންމާއެއް ކަމަށެވެ. އެހެންކަމުން، ކުރީގެ ރައީސުންގެ އަމަލުތައް ހުރިގޮތުން އެ ބޭފުޅުންނަށް ދޭ އިނާޔަތްތަކާއި ރައްކާތެރިކަން އަލުން މުރާޖާ ކުރަންޖެހޭ ކަމަށް ދެކިވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މުޙައްމަދު މިހެން ވިދާޅުވެފައިވާއިރު، ކުރީގެ ތިން ރައީސުން އިސްވެ ތިއްބަވައި، ގައުމު ހަމަމަގަށް އެޅުވުމަށް ސަރުކާރަށް ޑިމާންޑުތަކެއް ކުރަށްވައި ޚާއްސަ މަސައްކަތްތަކެއް ވަނީ ފަށްޓަވާފައެވެ.
އަދި ރައީސުންގެ ބައްދަލުވުމަށްފަހު ކުރީގެ ރައީސުން ގެއަށް ވަޑައިގަތުމަށް އުޅުއްވި ވަގުތު އެކަމަށް ފުލުހުން ހުރަސް އެޅުމުން، ރައީސުންގެ ސަޕޯޓަރުންނާއި، ފުލުހުންނާ ދެމެދު އެރޭ ވަނީ ހަމަނުޖެހުންތަކެއް ހިނގާފައެވެ.

ކުރީގެ ރައީސުންނަށް ދައުލަތުންދޭ އިނާޔަތާ ސަލާމަތާ ރައްކާތެރިކަން ދެއްވަނީ ދައުލަތުގެ އެންމެމަތީ ވެރިޔާކަން އަދާކޮއްފަވާތީ ސަރަފްވެރިކަމާއެކު ދިރިއުޅެވޭނެގޮތް ތަނަވަސް ކޮއްދިނުމައްކަމައް ކަމައް ގާނޫނުން ފެންނާއޮތީ .
— Mohamed Ismail (@MPMohdIsmail) May 16, 2026
އެހެނަސް ފެންނަމުން މިދަނީ އާންމު އިޖުތިމާއީ މިންގަޑުތަކާ… pic.twitter.com/vpm9dFY6us
މުޙައްމަދު މިހެން ވިދާޅުވެފައިވާއިރު، ކުރީގެ ތިން ރައީސުން އިސްވެ ތިއްބަވައި، ގައުމު ހަމަމަގަށް އެޅުވުމަށް ސަރުކާރަށް ޑިމާންޑުތަކެއް ކުރަށްވައި ޚާއްސަ މަސައްކަތްތަކެއް ވަނީ ފަށްޓަވާފައެވެ.
އަދި ރައީސުންގެ ބައްދަލުވުމަށްފަހު ކުރީގެ ރައީސުން ގެއަށް ވަޑައިގަތުމަށް އުޅުއްވި ވަގުތު އެކަމަށް ފުލުހުން ހުރަސް އެޅުމުން، ރައީސުންގެ ސަޕޯޓަރުންނާއި، ފުލުހުންނާ ދެމެދު އެރޭ ވަނީ ހަމަނުޖެހުންތަކެއް ހިނގާފައެވެ.
ކިޔުންތެރިންގެ ހިޔާލު