ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަބްދުالله ސޯދިގު (ސޯބެ) އެ ގޮނޑި ބޮޑު ތަފާތަކުން ކާމިޔާބު ކުރައްވާނެ ކަމާމެދު އެއްވެސް ޝައްކެއް ނެތް ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
މާލޭގައި ބޭއްވި ސޯބެގެ ކެމްޕޭން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ސޯބެއަށް އެމަނިކުފާނުގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފުރިހަމަ ތާއީދުވެސް އެބައޮތް ކަމަށެވެ. އަދި ދާއިރާގެ ހުރިހާ ރައްޔިތުން ނުކުމެ ސޯބެއަށް ވޯޓު ދެއްވުމަށް އެމަނިކުފާނު ވަނީ އިލްތިމާސް ކުރައްވާފަ އެވެ.
ރައީސް ސޯލިހު ސިފަކުރެއްވި ގޮތުގައި ސޯބެ އަކީ އައްޑޫ ސިޓީއަށް ގެނެވުނު ޒަމާނީ ގިނަ ބަދަލުތަކުގެ މޭސްތިރިޔާ އެވެ. އައްޑޫގެ މޭޔަރުކަން ޖެހިޖެހިގެން ތިން ދައުރު ފުރުއްވާފައިވާ ސޯބެ، މަޖިލީހުގެ ތެރެއިން ރައްޔިތުން ފަހުރުވެރިވާފަދަ މަސައްކަތްތަކެއް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވަމުން ރައީސް ސޯލިހު ވިދާޅުވީ، ފާއިތުވި ދެ އަހަރު ދުވަހު މަޖިލީހުން ހިތަދޫ އުތުރު ދާއިރާގެ އަޑު ކެނޑިފައި އޮތް ނަމަވެސް، ސޯބެ އިންތިހާބުވުމުން އެ ދާއިރާގެ ރައްޔިތުންގެ އަޑު ވަރަށް ވަރުގަދައަށް އިއްވައިދޭނެ ކަމަށެވެ.
މިހާރުގެ ސަރުކާރަށް ފާޑުވިދާޅުވަމުން ރައީސް ސޯލިހު ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމަށް ދެ އަހަރު ވެގެންދިޔައިރު ވެސް ރައްޔިތުންނަށް ވީ ވައުދުތައް ފުއްދިފައި ނުވާ ކަމަށެވެ. އަދި މިހާރު ރައްޔިތުންގެ އަސާސީ ހައްގުތަކާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ގެއްލިފައިވާ ކަމަށާއި، ސަރުކާރުން ވަނީ ރައްޔިތުންގެ މަޖިލީހުގެ ބާރުތައް ވެސް ކަނޑުވާލާފައި ކަމަށް އެމަނިކުފާނު ތުހުމަތު ކުރެއްވި އެވެ.
މީގެ އިތުރުން، ޖަލަށްލާފައިވާ 'އަދަދު' ނޫހުގެ ނޫސްވެރިން ކަމަށްވާ މުހައްމަދު ޝަހުޒާނާއި ލީވާން އަލީ ނަސީރު ވަގުތުން މިނިވަންކުރުމަށް ރައީސް ސޯލިހު ވަނީ ރައީސް މުއިއްޒަށް ގޮވާލައްވާފަ އެވެ. އަދި އެ ނޫސްވެރިންގެ ދިފާއުގައި މުޒާހަރާކުރުމުން ހައްޔަރުކުރި އެންމެން ވެސް ދޫކޮށްލުމަށް ގޮވާލައްވަމުން، އެމްޑީޕީން އަބަދުވެސް އޮންނާނީ ނޫސްވެރިންނާ އެކުގައި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު