އެމްޑީޕީގެ އެތެރޭގެ އިންތިޚާބާ ދިމާކޮށް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެ ޕާޓީގެ ޗެއަރޕާސަންގެ މަޤާމަށް ކުރައްވާ ކެމްޕޭނުގެ ދަށުން ބާއްވާ ޚާއްޞަ ބޮޑު ޖަލްސާ މި މަހުގެ 21 ވާ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖައްސައިފިއެވެ.
"ބޮޑު ބަދަލު" ޝިއާރުގެ ދަށުން ކުރިއަށްދާ މި ކެމްޕޭނުގެ މައި ޖަލްސާ އޮންނާނީ އެ ރޭ 8:45 ގައި މާލޭ އާޓިފިޝަލް ބީޗުގައެވެ. މި ޖަލްސާ އަކީ ރައީސް ނަޝީދަށް ތާއީދު ހޯދުމަށާއި، ޕާޓީއަށް ގެންނަން ބޭނުންވާ އިޞްލާޙީ ބަދަލުތައް މެންބަރުންނާ ހިއްސާކުރުމަށް ބާއްވާ ވަރަށް މުހިންމު ހަރަކާތެކެވެ.
މި ކެމްޕޭނާ ގުޅިގެން ސޯޝަލް މީޑިއާގައި ވެސް ފުޅާދާއިރާއެއްގައި ހަރަކާތްތައް ކުރިއަށްދާއިރު، "އަންނި ފޯ ޗެއަރ" އަދި "ބޮޑު ބަދަލު" ފަދަ ހޭޝްޓެގްތައް ބޭނުންކޮށްގެން ގިނަ ބަޔަކު އަންނަނީ ޝުއޫރު ފާޅުކުރަމުންނެވެ.
21 މޭ ވާ ދުވަހުގެ ރޭ ބާއްވާ މި ޖަލްސާއަކީ ގިނަ އަދަދެއްގެ އާންމު މެންބަރުންނާއި ސަޕޯޓަރުން އެއްވެ، ޕާޓީގެ މުސްތަޤްބަލާ މެދު މަޝްވަރާކޮށް ވަރުގަދަ އަޒުމެއް ކަނޑައަޅާނެ ރެއެއް ކަމަށް ކެމްޕޭން އިންތިޒާމުކުރާ ފަރާތްތަކުން މަޢުލޫމާތުދެއެވެ.
އެހެންކަމުން، އެމްޑީޕީގެ ވީހާވެސް ގިނަ މެންބަރުން މި ޖަލްސާގައި ބައިވެރިވުމަށް ކެމްޕޭން ޓީމުން ވަނީ ދައުވަތު އަރުވާފައެވެ.

ކިޔުންތެރިންގެ ހިޔާލު