މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ޑައިމޯފިން ޓްރެފިކްކުރިކަން ސާބިތުވެ، ދިވެހި ފިރިހެނަކު އުމުރު ދުވަހަށް ޖަލަށްލުމާއެކު ބޮޑު އަދަދަކުން ޖުރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައިގައި ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އުފުލާފައިވަނީ ނ. މިލަދޫ / އަލަމާގެ، އަޙްމަދު ޢަބްދުލްހާދީގެ މައްޗަށެވެ. އޭނާގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅައި، 25 އަހަރުގެ ދުވަހުގެ ޖަލު ހުކުމެއް އިއްވައި، އެއް ލައްކަ ރުފިޔާއިން ޖުރިމަނާ ކުރުމަށް ކޯޓުން ހުކުމް ކުރީ މިދިޔަ މެއި މަހުގެ 18 ވަނަ ދުވަހުއެވެ.
ފުލުހުން ބުނީ، މި މައްސަލައަކީ 2022 މާރިޗު 4 ވަނަ ދުވަހު އެ މުއައްސަސާއަށް ހުށަހެޅުނު މައްސަލައެއް ކަމަށެވެ. މި މައްސަލައިގެ ތަހުގީގު ހަލުވިކަމާއެކު ކުރިއަށް ގެންގޮސް، ތަހުގީގު ނިންމައި ދައުވާ އުފުލުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ 2022 އެޕްރީލް 11 ވަނަ ދުވަހުއެވެ.
މި ހުކުމާ ގުޅިގެން ފުލުހުން ބުނެފައިވަނީ، މިއީ މަސްތުވާތަކެއްޗާ ދެކޮޅަށް ކަމާގުޅުންހުރި މުއައްސަސާތަކާ ގުޅިގެން ފުލުހުން ކުރަމުންދާ މަސައްކަތުގެ ކާމިޔާބީއެއް ކަމަށެވެ. އަދި މަސްތުވާތަކެތީގެ ވަބާއިން މުޖުތަމައު ސަލާމަތްކުރުމަށްޓަކައި، މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކާ މެދު ގާނޫނީ ގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންދާނެ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
މިފަދަ ހަރުކަށި ހުކުމްތަކަކީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކަށް ދެވޭ ވަރުގަދަ މެސެޖެއް ކަމަށް ގިނަ ބަޔަކު ވަނީ މީސްމީޑިއާގައި ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު