މަސްތުވާތަކެއްޗާއި ބަނގުރާ ގެންގުޅުނު ކަމުގެ ތުހުމަތުގައި ހުޅުމާލެ ފޭސް 1 އިން ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މި މައްސަލަތަކާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ނ. ކެނދިކުޅުދޫ / ކުޅުދޫ، ގުލްފާމްގެ، އިބްތިޝާމް ޢަލީ (27އ) އާއި، ސ. ހިތަދޫ / ދެކުލައަރާގެ، އިބްރާހީމް މަޢުޞޫމް (54އ) ގެ އިތުރުން އިންޑިއާގެ ރައްޔިތެއް ކަމަށްވާ މަރިޔައްޕަން ގަނެޝަން (39އ) އެވެ.
ފުލުހުން ބުނީ އިބްތިޝާމް ޢަލީ އާއި އިބްރާހީމް މަޢުޞޫމް ހައްޔަރުކޮށްފައިވަނީ މި މޭ މަހުގެ 18 ވަނަ ދުވަހު ހުޅުމާލެ ފޭސް 1 ގެ ފުލުހުން ރަށުތެރެ ޕެޓްރޯލު ކުރަމުންދިޔައިރު، އެ މީހުންނާމެދު ތުހުމަތު ކުރެވިގެން ހުއްޓުވައި ބަލައިފާސްކުރުމުގެ ތެރޭގައެވެ.
މިގޮތުން ހުޅުމާލޭ ނިރޮޅުމަގުން އިބްތިޝާމް ޢަލީ ހުއްޓުވައި ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 39 ރަބަރު ޕެކެޓު ފެނިފައިވެއެވެ. އަދި ހުޅުމާލެ ފޭސް 1 ސްޓެލްކޯ ކައިރިން އިބްރާހީމް މަޢުޞޫމް ހުއްޓުވައި ބަލައިފާސްކުރިއިރު، އޭނާގެ އަތުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ ދެ މީހުން ވެސް 15 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.
މީގެ އިތުރުން، ގާނޫނާ ހިލާފަށް ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުުކުރެވޭ މައްސަލައެއްގައި އިންޑިއާގެ ރައްޔިތެއް ކަމަށްވާ މަރިޔައްޕަން ގަނެޝަން ވަނީ މި މަހުގެ 17 ވަނަ ދުވަހުގެ ރޭ ހައްޔަރުކޮށްފައެވެ. އޭނާ ހުޅުމާލޭ ފިތުރޯނުމަގުން ހުއްޓުވައި ބަލައިފާސްކުރިއިރު ބަނގުރާކަމަށް ބެލެވޭ އެއްޗެއް ހުރި 10 ފުޅި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނެފައިވަނީ، މަރިޔައްޕަން ގަނެޝަންގެ މައްސަލައިގެ އިޖުރާއަތްތައް ފުރިހަމަކުރުމަށްފަހު، އޭނާ ރާއްޖެއިން ޑީޕޯޓްކުރުމަށްޓަކައި މިހާރު މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު