އިންޑިޔާގެ ޓްރިވެންޑްރަމްގައި ރާއްޖެ ނާދެވި ތާށިވެފައި ތިބި 207 ދިވެއްސަކު މޯލްޑިވިއަންގެ މަތިންދާބޯޓެއްގައި މިއަދު ރާއްޖެ ގެނެސްފި އެވެ. މިއީ ކޯވިޑް-19 އާ ގުޅިގެން އިންޑިއާ 21 ދުވަހަށް ފުރަބަންދުކުރުމުން ރާއްޖެ ނާދެވި ތާށިވެފައި ތިބި މީހުންނެވެ.
ޓްރިވެންޑްރަމަށް ބޭއްވި ރެސްކިއު ފްލައިޓުގައި 207 މީހަކު ރާއްޖެ ގެނެސްފައިވާއިރު، އެ ގައުމުގައި ތިބި ދިވެހިންނަށް 150 ކެއާ ޕެކޭޖް ކާގޯގެ ގޮތުގައި އެ ފްލައިޓްގައި ވަނީ އިންޑިއާއަށް ގެންގޮސްފައެވެ.
އެޗްޕީއޭ އިން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް، މި ދުވަސްވަރު ރާއްޖެ އަންނަ އެންމެން ވެސް ކަރަންޓީން ފެސިލިޓީތަކުގައި 14 ދުވަސް ވަންދެން ތިބެންޖެހޭނެއެވެ. އެހެންކަމުން މި 207 މީހުންނާ މެދު ވެސް އަމަލު ކުރާނީ މި އުސޫލުގެ މަތީންނެވެ.
އިންޑިއާގެ ކޮޗިންގައި ތާށިވެފައި ތިބި 183 ދިވެއްސަކު ވެސް މޯލްޑިވިއަންގެ މަތިންދާބޯޓެއްގައި މީގެ ކުރިން ވަނީ ރާއްޖެ ގެނެސްފަ އެވެ. އިންޑިއާގައި ތިބި 390 ދިވެއްސަކު ދެ ބުރެއްގެ މަތިން ރާއްޖެ ގެނައިއިރު، އަދިވެސް އެ ގައުމުގައި އަންނަން ބޭނުންވާ ގިނަ އަދަދެއްގެ ދިވެހިން އެބަތިއްބެވެ.
މީގެ ކުރިން ސްރީލަންކާ އިންނާއި މެލޭޝިއާ އިން ވެސް ވަނީ މީހުން ގެނެސްފައެވެ.
އިންޑިއާގެ އިތުރުން ބައެއް އެހެން ގައުމުތަކުގައި ވެސް ދިވެހިން ރާއްޖެ ނާދެވިފައި އެބަތިއްބެވެ. އޭގެ ތެރޭގައި ބަންގްލަދޭޝް އާއި ނޭޕާލާއި މެލޭޝިއާ އާއި ބެންކޮކް ފަދަ ގައުމުތައް ހިމެނެ އެވެ. އަދި ގައުމުތަކުން ހުއްދަ ލިބުނު ވަރަކުން ދިވެހިން އަނބުރާ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު