ސަރުކާރުގެ ބޭސް ކުންފުނި، ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަންގެ ބޭސް ފިހާރަތަކުގައި މަސައްކަތް ކުރާނެ ފާމަސިސްޓުން ހޯދުމަށް އެ ކުންފުނިން އިއުލާންކޮށްފިއެވެ.
ސްޓޭޓް ފާމަސޫޓިކަލްސް އިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، މާލޭ ސަރަހައްދުގައި ގާއިމުކުރާ އެ ކުންފުނީގެ ބޭސް ފިހާރަތަކަށް ފާމަސިސްޓުންނާއި ފާމަސިސްޓުންގެ އެސިސްޓެންޓުންގެ ގޮތުގައި މަސައްކަތް ކުރާނެ 19 މުވައްޒަފުން ބޭނުންވާ ކަމަށެވެ. މި ވަޒީފާތަކަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލައިފައެވެ.
މި މަގާމުތަކަށް ކުރިމަތިލާ ފަރާތްތަކުގެ ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި ފާމަސީގެ ރޮނގުން ޑިޕްލޮމާ ނުވަތަ އެޑްވާންސްޑް ޑިޕްލޮމާ ހާސިލުކޮށްފައިވުން ހިމެނެއެވެ. މީގެ އިތުރުން، މި ދާއިރާއިން 1 އަހަރާއި 4 އަހަރާ ދެމެދުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
ރާއްޖެއަށް ބޭސް ލިބުމުގައި ދިމާވާ ގޮންޖެހުންތަކަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި، ޑޮކްޓަރީ ބޭހާއި މެޑިކަލް ކޮންޒިއުމަބަލްސް އަދި މެޑިކަލް އިކުއިޕްމަންޓް ރާއްޖެއަށް ގަނޑުކޮށް ގެނައުމުގެ މަގްސަދުގައި ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން އުފެއްދެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.
ސަރުކާރުން ބުނެފައިވަނީ ރާއްޖޭގެ ބޭހުގެ ބާޒާރާ ގުޅޭ ހުރިހާ މަސައްކަތްތަކެއް އެ ކުންފުނީގެ ދަށަށް ފުރިހަމައަށް ބަދަލުކުރެވި، އޮޕަރޭޝަންތައް ފެށިގެންދާނީ ކުރިއަށް އޮތް ޖުލައި މަހުގެ ތެރޭގައި ކަމަށެވެ. އެއަމާޒަށް ވާސިލުވުމަށްޓަކައި އެ ކުންފުނީގެ ފުރަތަމަ ބޭސްފިހާރަ އައިޖީއެމްއެޗްގައި ހުޅުވާފައިވަނީ މިއަދު އެވެ.

State Pharmaceutical & Medical Supply Corporation Ltd (StatePharma) invites qualified and experienced Maldivian nationals to apply for the following positions.
— StatePharma (@statepharmamv) May 19, 2026
Pharmacist & Pharmaceutical Assistant x19https://t.co/tiOUUUTkG6
Deadline: 30-05-2026, 12PM pic.twitter.com/iGHEqje4cW
ރާއްޖެއަށް ބޭސް ލިބުމުގައި ދިމާވާ ގޮންޖެހުންތަކަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި، ޑޮކްޓަރީ ބޭހާއި މެޑިކަލް ކޮންޒިއުމަބަލްސް އަދި މެޑިކަލް އިކުއިޕްމަންޓް ރާއްޖެއަށް ގަނޑުކޮށް ގެނައުމުގެ މަގްސަދުގައި ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން އުފެއްދެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.
ސަރުކާރުން ބުނެފައިވަނީ ރާއްޖޭގެ ބޭހުގެ ބާޒާރާ ގުޅޭ ހުރިހާ މަސައްކަތްތަކެއް އެ ކުންފުނީގެ ދަށަށް ފުރިހަމައަށް ބަދަލުކުރެވި، އޮޕަރޭޝަންތައް ފެށިގެންދާނީ ކުރިއަށް އޮތް ޖުލައި މަހުގެ ތެރޭގައި ކަމަށެވެ. އެއަމާޒަށް ވާސިލުވުމަށްޓަކައި އެ ކުންފުނީގެ ފުރަތަމަ ބޭސްފިހާރަ އައިޖީއެމްއެޗްގައި ހުޅުވާފައިވަނީ މިއަދު އެވެ.
ކިޔުންތެރިންގެ ހިޔާލު