މިއަހަރުގެ ބަރަކާތްތެރި އަޟްޙާ ޢީދުގެ އުފަލުގައި ޢާއިލާތަކަށް އެކުވެރި މާޙައުލެއްގައި ބައްދަލުވެ، ޢީދުގެ އުފާ ފާޅުކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން "ޢީދު ހަވީރު 1447" ގްރޭޓާ މާލެ ސަރަހައްދުގައި ވަރަށް ކުލަގަދަކޮށް ބޭއްވުމަށް ސަރުކާރުން ނިންމައިފިއެވެ.
ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރު (އެމްއެންޑީއެފް) އިން ބުނީ، އެ އިދާރާއިން ވިލަރެސްކޮށްގެން ކުރިއަށްގެންދާ މި ހަރަކާތްތަކަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރައްޔިތުންނަށް އުފާވެރި ޢީދެއް ހޯދައިދިނުމަށް ކުރިއަށްގެންދާ ޚާއްޞަ ޙަރަކާތެއް ކަމަށެވެ. މި ހަރަކާތުގައި ސިފައިންނާއި ފުލުހުންގެ އިތުރުން، ދައުލަތުގެ 10 އެސްއޯއީއަކުން ބައިވެރިވާނެއެވެ. އޭގެ ތެރޭގައި ސްޓެލްކޯ، އެމްޑަބްލިޔުއެސްއީ، ވެމްކޯ، އެމްޕީއެލް، އެމްޓީސީސީ، އެމްއޭސީއެލް، މިފްކޯ، އާރުޑީސީ، އެޗްޑީސީ އަދި އެފްޑީސީ ހިމެނެއެވެ.
މާލޭގައި ޢީދު ހަވީރުގެ ހަރަކާތްތައް ކުރިއަށްދާނީ މޭ 27 އިން 29 އަށް، ކޮންމެ ދުވަހެއްގެ ހަވީރު 16:00 އިން 18:00 އަށެވެ. މި ހަރަކާތްތައް އިންތިޒާމް ކުރެވިފައިވަނީ ސަލްޓަން ޕާކާއި، ޝަހީދުންގެ ބިނާ ސަރަހައްދު ހިމެނޭހެން ޖުމްހޫރީ މައިދާނާއި ރަސްމީ ބޮޑުފާލަން ސަރަހައްދުގައެވެ.
މި ސަރަހައްދުގައި ވޯޓަރ ފައުންޓެއިން، ފޯމް ބާތް ޕޫލް، އަދި ރެޕަލިންގ ކުރުމުގެ ފުރުޞަތު އޮންނާނެއެވެ. މީގެ އިތުރުން ސިފައިންގެ ޔުނިފޯމްތަކާއި، އޮޕަރޭޝަންތަކުގައި ބޭނުންކުރާ ހަތިޔާރާއި، އެއްގަމާއި ކަނޑުގެ އުޅަނދުތައް ދައްކާލުމުގެ އިތުރުން ފޮޓޯ ނެގުމުގެ އިންތިޒާމް ވެސް ވަނީ ހަމަޖެހިފައެވެ. މޭ 28 ވަނަ ދުވަހު އެމްއެންޑީއެފްގެ އާޓްސް އެންޑް ސެރެމޯނިއަލް ސަރވިސްގެ ފަރާތުން ޚާއްޞަ ހުށަހެޅުންތަކެއް ފެނިގެންދާނެއެވެ.
ހުޅުމާލޭގައި ވެސް މި ތިން ދުވަހު ހަވީރު 16:00 އިން 18:00 އަށް ސެންޓްރަލް ޕާކާއި ފޭސް 2 ގެ ހިޔާ ޕާކް ސަރަހައްދުގައި ހަރަކާތްތައް ކުރިއަށްދާނެއެވެ. ސެންޓްރަލް ޕާކުގައި ރެޕަލިންގ، ވޯޓަރ ސްލައިޑިންގ އަދި ފޯމް ބާތް ޕޫލް ހިމެނޭއިރު، މޭ 27 އަދި 29 ގައި ސިފައިންގެ ބޭންޑުގެ ޚާއްޞަ ހަރަކާތްތަކެއް އޮންނާނެއެވެ. ހިޔާ ޕާކް ސަރަހައްދުގައި ފަޔަރ އިކުއިޕްމަންޓްސް ދައްކާލުމާއި ޓޭބަލް ލެޑަރއަށް އެރުން ފަދަ ކަންކަން ކުރިއަށްދާނެއެވެ.
ވިލިމާލޭގައި ޢީދު ހަވީރު ބޭއްވުމަށް ހަމަޖެހިފައިވަނީ މޭ 27 އިން 30 އަށް، ޖުމްލަ ހަތަރު ދުވަހުގެ މުއްދަތަށެވެ. ވިލިމާލޭ ފުޓްބޯޅަ ދަނޑުގައި ކުރިއަށްދާ މި ހަރަކާތުގައި ރެޕަލިންގ ކުރުމާއި، އޮބްސްޓިކަލް ކޯސްތަކުގެ އިތުރުން ކުޑަކުދިންނަށް ޚާއްޞަ ތަފާތު ކުޅިވަރުތައް ހިމެނެއެވެ.
މި ހުރިހާ ސަރަހައްދެއްގައި ވެސް ޢާންމުންނަށް ބޭނުންވާ ކެންޓީނުގެ ޚިދުމަތް ލިބޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ. ސަރުކާރުގެ އަމާޒަކީ މި ހަރަކާތްތަކުގެ ޒަރީޢާއިން ދިވެހި އާއިލާތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، އުފާވެރި މާޙައުލެއްގައި ޢީދު ފާހަގަކުރުމުގެ ފުރުޞަތު ހުރިހާ ރައްޔިތުންނަށް ހުޅުވާލުން ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު