ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، ކުރިއަށް އޮތް ދުވަސްތަކުގައި މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން އިލްތިމާސް ކޮށްފިއެވެ.
ކޯސްޓްގާޑުން ބުނީ، ކަނޑުދަތުރަކަށް ފުރުމުގެ ކުރިން ދަތުރާ ބެހޭ މައުލޫމާތު އެންގުން މުހިންމު ފަރާތްތަކަށް އެންގުމަށްފަހު ނޫނީ ދަތުރު ނުފެށުމަށް އަންގާ ކަމަށެވެ. އަދި އުޅަނދުގައި ލައިފްޖެކެޓާއި، މުވާސަލާތީ ނިޒާމުތަކާއި، ދިޔަހިއްކާ ޕަންޕު ފަދަ ތަކެތި ހުރީ ރަނގަޅު ހާލަތެއްގައިތޯ ޔަގީންކުރުމަށް ކޯސްޓްގާޑުން ވަނީ އިރުޝާދު ދީފައެވެ.
މީގެއިތުރުން، މުދާ އުފުލާ އުޅަނދުފަހަރުން މުދާ ބަރުކުރުމުގައި އެކަށީގެންވާ ވަރަށްވުރެ ބޮޑަށް ބަރުނުކުރުމަށާއި، އުޅަނދުގައި ހުންނަ މުދާތައް ރަނގަޅަށް ލައިސަންލާފައި (ބަަންދުކޮށްފައި) ބެހެއްޓުމަށް ވެސް ކޯސްޓްގާޑުން ވަނީ ހަނދާންކޮށްދީފައެވެ. ދަތުރުވެރިންގެ ސަލާމަތަށްޓަކައި ހުރިހާ ފަރާތްތަކުން ވެސް ލައިފްޖެކެޓް އެޅުމަށާއި، މޫސުމަށް އިތުރަށް ސަމާލުވުމަށް އެމްއެންޑީއެފުން ބާރުއަޅުއްވައެވެ.
މޫސުން ގޯސްވަމުންދާތީ، ޑައިވިންގ އާއި ވޯޓަރ ސްޕޯޓްސްގެ ހަރަކާތްތައް އިންތިޒާމުކުރާ ފަރާތްތަކުން ވެސް މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ކޯސްޓްގާޑުން ވަނީ އަންގާފައެވެ. ވަކިން ހާއްސަކޮށް، މޫސުމާ ބެހޭ އިދާރާއިން 'ރީނދޫ' ނުވަތަ 'އޮރެންޖު' ސަމާލު ނެރެފައިވާ ވަގުތުތަކުގައި ކަނޑުދަތުރު ނުކުރުމަށް ކޯސްޓްގާޑުން ވަނީ ހަރުކަށިކޮށް އިލްތިމާސް ކޮށްފައެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނެފައިވަނީ، މި ދުވަސްވަރު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް، އާއްމުގޮތެއްގައި ވައިބާރުވެ، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށެވެ. މިކަމާ ގުޅިގެން ކޯސްޓްގާޑުން ވަނީ ކަނޑު ދަތުރުކުރައްވާ އުޅަނދުފަހަރުގެ އޮޑިވެރިންނާއި، ކެޕްޓަނުން އަދި ދަތުރުވެރިން ސަލާމަތީ ފިޔަވަޅުތަކަށް ފަރުވާތެރިވުމަށް އެދިފައެވެ.
މި ދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސް ދުވަސްވަރަކަށްވާތީ، ހުރިހާ ރައްޔިތުންވެސް، ހާއްސަކޮށް ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ކޯސްޓްގާޑުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު