ޑރ. އައިޝާ ވެރާލް: އޭނާ އަކީ ރައީސް މުހަންމަދު ނަޝީދުގެ އާއިލާގެ ބޭފުޅެއް
ޑރ. އައިޝާ ވެރާލް: އޭނާ އަކީ ރައީސް މުހަންމަދު ނަޝީދުގެ އާއިލާގެ ބޭފުޅެއް
ނިއުޒިލެންޑްގެ ގާނޫނު ހަދާ މަޖިލީހުގެ ގޮނޑިއެއް ދިވެހި އާއިލާއަކަށް ނިސްބަތްވާ، އަންހެން ބޭކަނބަލަކު ކާމިޔާބު ކުރައްވައިފިއެވެ.

ނިއުޒިލެންޑްގެ ގާނޫނު ހަދާ މަޖިލީހަށް އިންތިހާބު ވެވަޑައިގެންނެވި ދިވެހި އާއިލާއަކަށް ނިސްބަތްވާ ބޭފުޅަކީ ޑރ. އައިޝާ ވެރާލްއެވެ. އޭނާ އަކީ މަޖިލީހުގެ ރައީސް މުހަންމަދު ނަޝީދުގެ އާއިލާގެ ބޭކަނބަލެކެވެ. އައިޝާ ވެރާލް ނިއުޒިލެންޑްގެ ގާނޫނު ހަދާ މަޖިލީހުގެ ގޮނޑިއެއް ކާމިޔާބު ކުރެއްވީ ވެރިކަން ކުރާ ލޭބާ ޕާޓީގެ ޓިކެޓްގައި ވާދަކުރައްވައިގެންނެވެ.

ނިއުޒިލެންޑްގެ ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވައި އޭނާ ކާމިޔާބު ކުރެއްވީ ވެލިންޓަން ދާއިރާގެ ގޮނޑިއެވެ. މިއީ އެ ގައުމުގެ އިންތިހާބެއްގައި ޑރ. އައިޝާ ވާދަކުރެއްވި ފުރަތަމަ ފަހަރު ކަން ފާހަގަކޮށްލެވެއެވެ.

ޑރ. އައިޝާއަކީ ކުރީގެ ރައީސް، މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ މަންމާފުޅުގެ ކޮއްކޯފުޅުު، ލަތީފާ އަަހުމަދުގެ ދަރިކަނބަލެކެވެ. ރައީސް ނަޝީދާއި އައިޝާއަކީ ދެބެންގެ ދެދަރިންނެވެ. ޑރ. އައިޝާގެ ބައްޕައަކީ ނިއުލެންޑްގެ ރައްޔިތެކެވެ. ޑރ. އައިޝާއަކީ އެ ގައުމުގެ ޔުނިވާސިޓީ އޮފް އޮޓާގޯގެ މެޑިކަލް ސްކޫލް އިން ސިއްހީ ދާއިރާއިން މަތީ ތައުލީމް ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.

ޑރ. އައިޝާ އަކީ ސިޔާސީ ބޭފުޅެއްގެ އިތުރުން ގައިން ގަޔަށް އަރާ ބަލިތަކުގެ ހާއްސަ، ނިއުޒީލަންޑްގައި މަޝްހޫރުފިޒީޝަނެކެވެ. އޭނާ އަކީ ޓީބީ ފަދަ ބަލިތައް ދިރާސާކުރައްވާ ތަޖުރިބާކާރެކެވެ. މީގެ އިތުރުން ޑރ. އައިޝާއަކީ ކޮވިޑް -19ގެ ކަންތައްތަކާ ގުޅޭ ގޮތުން ވެސް އެ ގައުމުގެ ހެލްތު މިނިސްޓްރީއަށް ލަފާ ދެއްވަނީ ވެސް އޭނާ އެވެ. ނިއުޒީލެންޑަށް އުފަން ޑރ. އައިޝާގެ މަންމަ ލަތީފާ ވެރޯލްއަކީ ރާއްޖެއަށް އުފަން ބޭފުޅެއް ނަމަވެސް، އޭނާ މިހާރު ވަނީ ނިއުޒީލަންޑްގެ ރައްޔިތުކަން ހޯއްދަވާފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން