ޕީޕަލްސް ނެޝަނަލް ފްރަންޓު (ޕީއެންއެފް)ގެ ޓިކެޓްގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރުމަށް ނެޝަނަލް ޓެންޑާ ބޯޑުގެ ކުރީގެ ޗެއާމަން އިސްމާއީލް ޒަރިޔަންދު ނިންމަވައިފިއެވެ.

އެކަން ހާމަކޮށްފައިވަނީ ޕީއެންއެފުން މިރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ރިސެޓް ޖަލްސާގައެވެ.

ޖަލްސާގައި ވާހަކަ ދައްކަވަމުން ނެޝަނަލް ޓެންޑާ ބޯޑުގެ ކުރީގެ ޗެއާމަން އިސްމާއީލް ޒަރިޔަންދު ވިދާޅުވީ ޕީއެންއެފްގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވަން ނިންމެވީ ކުރީގެ ރައީސް، ޔާމީން ދެއްވި ހިތްވަރަކުން ކަމަށެވެ.

ޒަރިޔަންދަކީ ދައުލަތުގެ އެކި އިދާރާތަކުގައި 30 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭގެތެރެއިން 20 އަހަރަށްވުރެ ގިނަ ދުވަހު އޭނާ ވަނީ އޮޑިޓާ ޖެނެރަލްގެ އޮފީހުގައި ސީނިއާ އޮޑިޓަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވިއެވެ.

އޭގެއިތުރުން ޒަރިޔަންދު ވަނީ ދައުލަތުގެ ބަޖެޓު އެކުލަވައިލުމާއި އެ ނޫން ވެސް ބައެއް މުހިންމު ޒިންމާތައް އަދާކުރައްވާފައެވެ.

ޒަރިޔަންދަކީ ރާއްޖޭގެ ގައުމީ ޓީމުގެ ގޯލު ވެސް ބަލަހައްޓާފައިވާ ހުނަރުވެރި ކީޕަރެއް ކަން ފާހަަގަކުރެވެއެވެ.



ކިޔުންތެރިންގެ ހިޔާލު