މަރްޔަމް ނަހްދާ ވަޙީދު   23 މޭ 2026 - 12:21
މުޅި މާލެއާއި ހުޅުމާލެއިން ކަރަންޓުގެ ޚިދުމަތް މެދުކެނޑިއްޖެއެވެ.

ސްޓެލްކޯއިން މަޢުލޫމާތު ދީފައިވާ ގޮތުގައި، މާލެ އާއި ހުޅުމާލެއިން ކަރަންޓު ކެނޑެން މެދުވެރިވީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެންނެވެ. އެ ކުންފުނިން ބުނީ މައްސަލަ ދެނަގަނެ، އެކަން ހައްލުކޮށް އަލުން ކަރަންޓުގެ ޚިދުމަތް ދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މިހާރު ފަށާފައިވާ ކަމަށެވެ.

ނަމަވެސް ކަރަންޓުގެ ޚިދުމަތް މުޅިން އިއާދަވާނީ ކިހާ އިރަކުން ކަމެއް އެ ކުންފުނިން އަދި ހާމައެއް ނުކުރެއެވެ.

މުޅި މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑިފައި މިވަނީ، ހުޅުމާލޭގެ 50 މެގަވޮޓް އިންޖީނުގެ ނިއްވާލައިގެން ކުރިއަށްގެންދިޔަ އަޕްގްރޭޑިންގ މަސައްކަތްތައް، މާލެ އާއި ހުޅުމާލޭގެ އެއްވެސް ސަރަހައްދަކުން ކަރަންޓު ކަނޑާނުލާ ނިންމާލެވިފައިވާ ކަމަށް މިއަދު ހެނދުނު ސްޓެލްކޯއިން ބުނެފައިވަނިކޮށެވެ.



ކިޔުންތެރިންގެ ހިޔާލު