ދިރިއުޅުމުގެ ހުރިހައި ކަމެއް އެއާ ގުޅިފައިވާ ކަރަންޓްގެ ޚިދުމަތުން، ލޮބުވެތި ރައްޔިތުން މަޙުރޫމް ވުމަކީ، ނުހަނު ބޮޑަށް ދެރަވާ އަދި އެ ކަމާ ކަންބޮޑުވާ ކަމެއް ކަމަށް މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
މޭޔަރު މިހެން ވިދާޅުވީ މިއަދު މާލެއާއި ހުޅުމާލެއިން ކުއްލިއަކަށް ކަރަންޓުގެ ޚިދުމަތް މެދުކެނޑުމާ ގުޅިގެން، އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އާޒިމް ވިދާޅުވީ ކަރަންޓުގެ ޚިދުމަތް މެދުކެނޑުމުގެ ސަބަބުން މި ދެ އަވަށުގައި ދިރިއުޅޭ ރައްޔިތުންގެ އާންމު ދިރިއުޅުމަށް ވަރަށް ގިނަ ދަތިތަކާ ކުރިމަތިވެފައިވާ ކަމަށެވެ.
ޚާއްޞަކޮށް، ކުއްލިއަކަށް ކަރަންޓް ކެނޑުމުގެ ސަބަބުން ދުވަސްވީ ބޭފުޅުންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކުރިމަތިވި އުނދަގޫތައް މޭޔަރު ފާހަގަކުރެއްވިއެވެ. "މި ދެ އަވަށުގައި ދިރިއުޅުއްވާ ލޮބުވެތި ރައްޔިތުންގެ ތެރެއިން، ދުވަސްވީ ބޭފުޅުންނާއި ނުކުޅެދުން ތެރިކަން ހުންނަ ފަރާތްތައް، އުސްޢިމާރާތްތަކުން އަރައި ފޭބޭނެ އެއްވެސް ގޮތެއް ނެތި، ވަރަށް ދަތި އުނދަގޫތަކާ ކުރިމަތިލާން ޖެހިފައިވާކަން ހިތާމާއާއެކު ފާހަގަކުރަން،" އާޒިމް ވިދާޅުވިއެވެ.
މީގެ އިތުރުން މޭޔަރު ވަނީ ކުރިއަށް އޮތް ތަނުގައި މިފަދަ މައްސަލަތައް ދިމާނުވާނެ ގޮތަކަށް ކަންކަން އިންތިޒާމު ކުރުމަށް ދައުލަތުގެ ކަމާގުޅުންހުރި ފަރާތްތަކަށް އިޚުލާޞްތެރިކަމާއެކު އިލްތިމާސް ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު