ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް އަބްދުﷲ ސޯދިގު (ސޯބެ) އަށް މަޖިލީހުގެ ގޮނޑި ލިބިވަޑައިގެންނެވި ނަމަވެސް، ދާއިރާގެ ތަރައްގީއަށް އެއްވެސް ކުރިއެރުމެއް ނުލިބޭނެ ކަމަށް ވިދާޅުވެ ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުއްލާ އޭނާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
އަންނަ މަހުގެ ހަވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ބައި އިލެކްޝަންގައި ވެރިކަން ކުރާ ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ އަހުމަދު ސައީދު (ސޮޑާ) ގެ ކެމްޕޭން ޖަލްސާއެއްގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، ރައްޔިތުން މަޖިލީހުގެ ސުޕަ މެޖޯރިޓީ ސަރުކާރަށް ދީފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތުތައް ބާރުދުވެލީގައި ކުރިއަށް ގެންދިއުމަށް ކަމަށެވެ.
އެހެންކަމުން މިވަގުތު މަޖިލީހަށް ބޭނުންވަނީ ސަރުކާރާ ގުޅިގެން އިޚްލާސްތެރިކަމާއެކު މަސައްކަތް ކުރާނެ މެންބަރެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ރައީސް ޑރ. މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގާނެ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް ރައްދު ދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ، އެފަދަ ކަމަކަށް މަޖިލީހުގެ ތެރެއިން އެއްވެސް ޖާގައެއް ނުދެއްވާނެ ކަމަށެވެ. އަދި އެއީ ހަމައެކަނި ދެކޭ "ނަނާ ހުވަފެނެއް" ކަމަށާއި، ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމުގެ އެއްވެސް ފުރުސަތެއް އިދިކޮޅަށް ނުލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މާޒީގައި އައްޑޫގައި ހިނގާދިޔަ ހަމަނުޖެހުންތަކާއި ސަރުކާރުގެ މުއައްސަސާތަކުގައި ހުޅުޖެހި ހާދިސާތަކަށް އަލިއަޅުއްވާލައްވަމުން އަބްދުއްރަހީމް ވިދާޅުވީ، ރައްޔިތުންގެ ކައިވެނި ސެޓްފިކެޓުތަކާއި، ގޯތީގެ ރަޖިސްޓްރީ ފަދަ އަގުހުރި ލިޔެކިޔުންތައް އަންދާލުމުގެ އަޑީގައި ތިބި މޭސްތިރިން މަޖިލީހަށް ހޮވަން ރައްޔިތުން ބޭނުންނުވާނެ ކަމަށެވެ.
އެހެންކަމުން، އައްޑޫގެ މުސްތަގުބަލާއި ތަރައްގީއަށްޓަކައި އެންމެ އެކަށީގެންވަނީ ސަރުކާރުގެ ކެންޑިޑޭޓް ކަމަށް ވިދާޅުވެ، ޕީއެންސީގެ ކެންޑިޑޭޓަށް ވޯޓު ދެއްވުމަށް އޭނާ ވަނީ އިލްތިމާސް ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު