ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލްއުސްތާޛު މަހާޒް އަލީ ޒާހިރު އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
އޭސީސީއަށް މަހާޒް ފާޑުވިދާޅުވެފައިވަނީ، ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމްގެ ބްލޮގްގައި ޝާއިޢުކުރައްވާފައިވާ ލިޔުމެއްގައި، އޭސީސީގެ މިހާރުގެ ހިންގުމާއި ނަތީޖާ ނެރުމުގެ ޤާބިލުކަމާ މެދު ސުވާލު އުފެއްދެވުމާއި ގުޅިގެންނެވެ. އެގޮތުން ޝަމީމްގެ ބްލޮގްގައި ވަނީ، ސަރުކާރުން ބޭނުންވާ ކޮންމެ ކަމެއް އޭސީސީން ކޮށްދޭކަމަށް ތުހުމަތު ކުރަށްވާފައެވެ، އެގޮތުން "އެއްވެސް ހަމައެއް ނެތި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުމުގެ ހައިޖާނުގައި އެ ކޮމިޝަނުން ދައުރެއް" އަދާކުރިކަމަށް ޝަމީމް ވިދާޅުވިއެވެ.
އަދި މިއީ، ތާރީޚަށްޓަކައި ލިޔެވި، ރައްކާކުރެވިފައި ހުންނާނެ މަޢުލޫމާތު ކަމަށާއި، "އެ ހައިޖާނުގައި އޭސީސީގެ ރައީސްގެ ދައުރަކީވެސް، އޭނާގެ ސީވީގައި ރަން އަކުރުން ލިޔެވިފައި އޮންނާނެ" ކަމެއް ކަމަށް ޝަމީމް ވިދާޅުވިއެވެ.
އެކަމާ ގުޅިގެން މަހާޒް ވިދާޅުވީ، އޭސީސީއަކީ މިހާރު "ޒާތަކަށް ހިންގާ ތަނެއް" ކަމަށާއި، މައްސަލައެއްގެ ތަހުގީގު އަވަހަށް ނިންމައި ކުށްސާބިތުވާނަމަ ޖަލަށްލުމަށް އެދުމުންވެސް އެތަނުން "ކަހާތަން ހިރުވާވެސް ނުލި" ކަމަށެވެ.
އަދި ވަކި މައްސަލައެއްގެ މަތީގައި "އިއްތާލައިގެން" ތިބޭތާ 14 މަސްވެފައިވާކަން ފާހަގަކުރަށްވައި، މަހާޒް ވަނީ އޭސީސީ ހިންގަނީ "ލަފާފުޅާއި އިރުޝާދާ އެކު އެންމެ ގަދަކޮށް ސާބިތުކަންމަތީ" ކަމަށް ވިދާޅުވެ، މަލާމާތުގެ ރާގަކަށް ފާޑުވިދާޅުވެފައެވެ.
މަހާޒް މިހެން ވިދާޅުވެފައިވާއިރު ޝަމީމް ވަނީ، އެންޓި ކޮރަޕްޝަން ފޭލިވެފައިވާ ކަމަށާއި، އެކޮމިޝަންގައި 5 މެމްބަރުން ބަދަލުގައި އެންމެ ކޮމިޝަނަރެއް ހުރުމަށް ހުށައަޅުއްވާފައެވެ. އަދި އެވަގުތަކަށް އެންމެ "ޓްރެންޑިންގ" ކަމެއް ކޮށްލާ ތަނެއްގެ ބަދަލުގައި، މަޖިލީހުގެ އިންޓަވިއުގައި ހުށަހެޅި ޕްރޮޕޯޒަލުގައި ހުރި ކަންތައްތައް ޙާސިލްކުރުމަށް މަސައްކަތްކުރާ އިދާރާއަކަށް އޭސީސީ ވާން ޖެހޭކަމަށް ޝަމީމް ވިދާޅުވެފައިވެއެވެ.
އަދި ދިވެހިންގެ ތެރޭގައި ދުނިޔޭގެ ފެންވަރުގެ ޒުވާނުން ބައިވަރު އެބަތިބި ކަމަށާއި، އެމީހުންނަށް ބޭނުންވަނީ، އެމީހުންނަށް އިތުބާރުކޮށްފައި ފުރުޞަތު ދިނުންކަން ޝަމީމް ފާހަގަ ކުރެއްވިއެވެ.
"އޭސީސީގެ މިހާރުގެ ރައީސަކީ އޭގެ މީހެއް ނޫނެވެ. ނަތީޖާ ނެރެވޭ މީހުންނާ ކަންކަން ޙަވާލުކޮށްގެން، ކޮރަޕްޝަންގެ މައްސަލައަށް ޙައްލެއް ލިބުމަކީ، ރާއްޖޭގެ ތަރައްޤީ ހެޔޮ މިސްރާބަކަށް ބަދަލުކުރުމަށް އަޅާންޖެހޭ އެންމެ ފުރަތަމަ ފިޔަވަޅެވެ." ޝަމީމް ވިދާޅުވިއެވެ.
އޭސީސީން "ވަކި މައްސަލައެއްގެ މަތީގައި އިއްތާލައިގެން ތިބޭތާ 14 މަސް" ވެފައިވާ ކަމަށް މަހާޒް ވިދާޅުވެފައިވާއިރު، މަހާޒް ސުޕްރީމް ކޯޓުން ވަކިކޮށްފައިވަނީ އޭސީސީން މަހާޒްގެ ކޮރަޕްޝަންގެ މައްސަލައެއް ބަލާކަމަށްބުނެ އޭސީސީގެ ރައީސް ޝާމިލް ޖޭއެސްސީއަށް ފޮނުވި ސިޓީއަކާޢި ގުޅިގެންނެވެ. ނަމަވެސް މިއަދާ ހަމައަށްވެސް އޭސީސީން އެމައްސަލައިގެ ތަހުގީގު ނިންމާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު