މީސެލްސް ނުވަތަ ހިމަބިއްސަށް ފައްސިވެފައިވާ އިތުރު 2 މީހަކު ރާއްޖެއިން ފެނިއްޖެއެވެ.
ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނީ އިތުރު ދެ މީހަކު ހިމަބިއްސަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި މިވަގުތުވެސް 5 ކޭސްގެ އިންވެސްޓިގޭޝަން ކުރެވެމުންދާ ކަމަށް އެޗްޕީއޭ އިން ބުނެފައިވެއެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ މިހާތަނަށް ރާއްޖެއިން ހިމަބިހީގެ ޖުމުލަ ނުވަ ކޭސް ވަނީ ރިޕޯޓްކޮށްފައެވެ. މި ކޭސްތަކުގެ 128 އަށް ވުރެ ގިނަ ކޮންޓެކްޓުން ފާހަގަކުރެވިފައިވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ. މީގެ ތެރޭގައި ރާއްޖެއިން ބޭރުން ބަލި ޖެހިގެން އައި ދެ މީހަކު ހިމެނެއެވެ.
ހިމަބިހި ޖެހިފައިވާ ބަލިމީހުން ފެންނަމުންދާތީ، ބަލި ފެތުރުމުގެ ފުރުޞަތު ދެނެގަތުމާއި އެމީހުންނާއި ގާތުން އެއްތާވި ފަރާތްތައް ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެޗްޕީއޭ އިން ބުނެފައިވެއެވެ. އަދި މި ވޭދަނަތައް މޮނިޓަރކޮށް ހިމަބިހި ވެކްސިން ފުރިހަމަނުވާ ފަރާތްތަކަށާއި، ބަލިޖެހުނު ފަރާތް ދިރިއުޅޭ ސަރަހައްދުގައި ރިންގް ވެކްސިން ދިނުމުގެ ކަންތައްތައް ކުރިއަށް ގެންދެވޭނެ ކަމަށް އެޗްޕީއޭއިން މައުލޫމާތުދެއެވެ.
ރާއްޖޭގައި އެމްއާރު ވެކްސިން ތައާރަފްކޮށްފައިވަނީ 1983 ވަނަ އަހަރެވެ. ހިމަބިހީގެ ޢަލާމާތްތަކުގެ ތެރޭގައި ހުން އައުމާއެކު ހަށިގަނޑުން ރަތް ބިހިތަކެއް ނެގުން ހިމެނެއެވެ.
ދިވެހިރާއްޖެއަކީ ހިމަބިހި ނައްތައިލެވިފައިވާ ގައުމެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން 2017 ވަނަ އަހަރު ވަނީ ކަނޑައަޅާފައެވެ.

🚨 ހިމަބިހި (މީސްލްސް) ކޭސްތަކުގެ އަދާހަމަ;
— Health Protection Agency (@HPA_MV) May 26, 2026
🔸މި އަހަރުގެ މިހާތަނަށް ހިމަބިހީގެ ޖުމްލަ 9 ކޭސް ރިޕޯޓްކޮށްފައިވޭ. މިވަގުތު 5 ކޭސްގެ އިންވެސްޓިގޭޝަން ދަނީ ކުރެވެމުން
🔸 ހުންއައިސް، ގައިގައި ރަތް ބިހިތަކެއް ނަގައިފިނަމަ ލަސްނުކުރައްވާ ޞިއްޙީ ފަރުވާ ހޯއްދަވާ، އަދި ފަރުވާ ހޯދަން… pic.twitter.com/xx7s7EOQ2I
ހިމަބިހި ޖެހިފައިވާ ބަލިމީހުން ފެންނަމުންދާތީ، ބަލި ފެތުރުމުގެ ފުރުޞަތު ދެނެގަތުމާއި އެމީހުންނާއި ގާތުން އެއްތާވި ފަރާތްތައް ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެޗްޕީއޭ އިން ބުނެފައިވެއެވެ. އަދި މި ވޭދަނަތައް މޮނިޓަރކޮށް ހިމަބިހި ވެކްސިން ފުރިހަމަނުވާ ފަރާތްތަކަށާއި، ބަލިޖެހުނު ފަރާތް ދިރިއުޅޭ ސަރަހައްދުގައި ރިންގް ވެކްސިން ދިނުމުގެ ކަންތައްތައް ކުރިއަށް ގެންދެވޭނެ ކަމަށް އެޗްޕީއޭއިން މައުލޫމާތުދެއެވެ.
ރާއްޖޭގައި އެމްއާރު ވެކްސިން ތައާރަފްކޮށްފައިވަނީ 1983 ވަނަ އަހަރެވެ. ހިމަބިހީގެ ޢަލާމާތްތަކުގެ ތެރޭގައި ހުން އައުމާއެކު ހަށިގަނޑުން ރަތް ބިހިތަކެއް ނެގުން ހިމެނެއެވެ.
ދިވެހިރާއްޖެއަކީ ހިމަބިހި ނައްތައިލެވިފައިވާ ގައުމެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން 2017 ވަނަ އަހަރު ވަނީ ކަނޑައަޅާފައެވެ.
ކިޔުންތެރިންގެ ހިޔާލު