ފްރާންސްގެ މަތިންދާބޯޓު އުފުލާ މަނަވަރު، ޗާލްސް ޑި ގޯލް ގައި ކޯވިޑް-19 ފެތުރި ، އެޤައުމުގެ ކަނޑުގެ ސިފައިންގެ ޚިދުމަތަށް ބޮޑު ގޮންޖެހުމެއް ކުރިމަތިވެއްޖެއެވެ.

ޗާލްސް ޑި ގޯލް ގެ ފަޅުވެރިންގެ ތެރެއިން 40 މީހުން ކޮރޯނާ ވައިރަހަށް ޕޮޒިޓިވް ވެފައިވާ ކަމަށާ، ޕޮޒިޓިވްވި ސިފައިންނާ އެކު އުޅުނު ސިފައިން ހޯދައި އެމީހުން ކަރަންޓީނު ކުރުމަށް މަސައްކަތްކުރަމުންދާ ކަމަށް ފްރާންސްގެ ދިފާއީ އިދާރާއިން ބުނެއެވެ. އަދި ޕޮޒިޓިވްފެފައިވާ މީހުން އެކަހެރިކޮށް އެމީހުންނަށް ފަރުވާދެމުން ގެންދާކަމަށްވެސް އެ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވެއެވެ.

ޗާލްސް ޑި ގޯލް މަނަވަރު ކަނޑުމަތީގައި ވަނިކޮށް އެ މަނަވަރުގެ ސިފައިންނަށް ކޮރޯނާ ވައިރަސް ޖެހުނު ގޮތެއް ނޭނގޭކަމަށާ ފާއިތުވި ދެމަސްތެރޭގައިވެސް އެމަނަވަރުގެ މީހަކު އެހެންތަނަކަށް ފައިބައިގެން އުޅެފައިނުވާކަމަށް ފަރަންސޭސި ސަރުކާރުން ހާމަކުރެއެވެ.

އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރެއްކަމަށްވާ ޓިއޮޑޯ ރުޒަވެލްޓްގެ ސިފައިންގެ އެތަށް ބަޔަކަށް ކޮރޯނާ ވައިރަސް ޖެހުމުގެ ސަބަބުން އެ މަނަވަރުގެ ޚިދްމަތްވެސްވަނީ ހުއްޓާލާފައެވެ. މިއާއެކު ޓިއޮޑޯ ރުޒަވެލްޓްވަނީ ޕެސިފިކް ކަނޑުގައިވާ އެމެރިކާގެ ޖަޒީރާއެއްކަމަށްވާ ގުއާމްގައިވާ އެމެރިކާގެ އަސްކަރީ ބަނދަރެއްގައި ބަނދަރުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން