ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް
އަޟްޙާ އީދުގެ ބަރަކާތްތެރި މުނާސަބަތާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް ގއ. ވިލިނގިއްޔަށް ރަސްމީ ދަތުރުފުޅެއް ފަށްޓަވައިފިއެވެ.

މި އަހަރުގެ އީދު ފާހަގަކުރުމަށް އެ ރަށުގައި ކުރިއަށްގެންދާ ޚާއްޞަ ހަރަކާތްތަކުގެ ޝަރަފުވެރި މެހުމާނެއްގެ ގޮތުގައި މަޖިލީހުގެ ރައީސް ވަޑައިގަތުމުން، ވިލިނގިލީގެ ރައްޔިތުންނާއި ރަށު ކައުންސިލުން ވަނީ އެމަނިކުފާނަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.

މި ދަތުރުފުޅަކީ އީދުގެ އުފާ ފާހަގަކުރުމުގައި ރައްޔިތުންނާ ބައިވެރިވެވަޑައިގަތުމަށާއި، ރަށުގެ ތަރައްޤީއާއި ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ގާތުން ބައްލަވާލެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

މިގޮތުން އީދުގެ ޚާއްޞަ މުނާސަބަތުތަކުގައި ބައިވެރިވެވަޑައިގަތުމުގެ އިތުރުން، ރަށުގެ މުއައްސަސާތަކާ ބައްދަލުކުރައްވައި މަޝްވަރާ ކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

އީދު ފާހަގަ ކުރުމަށް ރާއްޖޭގެ އެކި ރަށްރަށުގައި ދަނީ ކުލަގަދަ ހަރަކާތްތައް ކުރިއަށް ގެންދަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު