ޔޫރަޕްގެ ޝާހީ އާއިލާތަކުގެ ތެރެއިން މިހާރު އެންމެ ފާހަގަކޮށްލެވޭ އެއް ޝަޚްޞިއްޔަތަކީ ސްޕެއިންގެ ތަޚުތުގެ ވާރުތަވެރިޔާ، 'ޕްރިންސަސް އޮފް އެސްޓޫރިއަސް' ލިއޮނޯރ ޑި ޓޯޑޮސް ލޮސް ސަންޓޯސް ޑި ބޯބޯން އެންޑް އޯޓިޒް އެވެ. އުމުރުން އެންމެ 20 އަހަރުގެ ލިއޮނޯރަކީ ޢިލްމީ ގޮތުންނާއި އަޚްލާޤީ ގޮތުން ނަމޫނާ، ހަރުދަނާ ޒުވާން ލީޑަރެކެވެ.
31 އޮކްޓޯބަރު 2005 ގައި މެޑްރިޑްގެ ރޫބާ އިންޓަރނޭޝަނަލް ހޮސްޕިޓަލަށް އުފަންވެވަޑައިގަތް ލިއޮނޯރަކީ ސްޕެއިންގެ ރަސްގެފާނު ފެލިޕޭ 6 ވަނަ އާއި ރާނީ ލެޓީޒިއާގެ ދޮށީ ދަރިކަނބަލުންނެވެ. އެކަމަނާ ވެވަޑައިގަންނަވާނީ ވޭތުވެދިޔަ 150 އެއްހާ އަހަރު ދުވަހުގެ ތެރޭގައި ސްޕެއިންގެ ރަސްކަމާ ހަވާލުވެވަޑައިގަންނަވާ ފުރަތަމަ ރާނީއަށެވެ.
ޝާހީ ތަރުބިއްޔަތާއި ފެށުން
ލިއޮނޯރ އުފަންވެވަޑައިގަތީ އެކަމަނާގެ ކާފާފުޅު، ރަސްގެފާނު ހުއާން ކާލޯސް 1 ވަނަގެ ރަސްކަމުގައެވެ. ނަމަވެސް 2014 ވަނަ އަހަރު ހުއާން ކާލޯސް ތަޚުތު ދޫކޮށްލެއްވުމުން، ބައްޕާފުޅު ފެލިޕޭ 6 ވަނަ ރަސްކަމާ ހަވާލުވެވަޑައިގަތެވެ. މި ބަދަލާއެކު އުމުރުން އެންމެ 8 އަހަރުގައި ލިއޮނޯރަށް 'ޕްރިންސަސް އޮފް އެސްޓޫރިއަސް' ގެ ރަސްމީ ލަޤަބު އެރުވުނެވެ.
ކޮއްކޯފުޅު އިންފަންޓާ ސޯފިއާއާއެކު ބޮޑުފުޅުވަމުން އައިއިރު، މީޑިއާގެ ނޭދެވޭ އަސަރުތަކުން ދުރުކޮށް، ހަރުދަނާ ތަރުބިއްޔަތެއް ދެއްވުމުގައި މަންމާފުޅު ރާނީ ލެޓީޒިއާ މުހިންމު ދައުރެއް އަދާކުރެއްވިއެވެ.
ތަޢުލީމީ ޤާބިލުކަމާއި އަސްކަރީ ތަމްރީނު
ޕްރިންސަސް ލިއޮނޯރގެ ތަޢުލީމީ ބިންގާ އެޅިފައިވަނީ ވަރަށް ވަރުގަދަ އަސާސްތަކެއްގެ މައްޗަށެވެ. މެޑްރިޑުން އިބްތިދާއީ ތަޢުލީމު ހާސިލުކުރެއްވުމަށްފަހު، އެކަމަނާ ވަނީ ވޭލްސްގެ ޔޫ.ޑަބްލިއު.ސީ އެޓްލާންޓިކް ކޮލެޖުން އިންޓަރނޭޝަނަލް ބެކަލޯރިއޭޓް ފުރިހަމަކުރައްވާފައެވެ. ބަހުގެ ހުނަރަށް ބަލާއިރު، ސްޕެނިޝް، އިނގިރޭސި އަދި ފްރެންޗް ބަހުގެ އިތުރުން އަރަބި ބަހާއި މެންޑަރިން ޗައިނީޒްވެސް އެކަމަނާ ދަންނަވައެވެ.
2023 ވަނަ އަހަރުން ފެށިގެން އެކަމަނާ ގެންދަވަނީ ތިން އަހަރުގެ އަސްކަރީ ތަމްރީނުތައް ފުރިހަމަކުރައްވަމުންނެވެ. އެއްގަމާއި ކަނޑުގެ ސިފައިންގެ ތަމްރީނުތަކަށްފަހު، މިހާރު ގެންދަވަނީ ވައިގެ ސިފައިންގެ ތަމްރީނުތަކުގައި މަތިންދާބޯޓު ދުއްވުމާއި ޕެރަޝޫޓް ފުންމުން ފަދަ ނުރައްކާތެރި ތަމްރީނުތައް ހައްދަވަމުންނެވެ. އުންމީދަކީ 2026 ވަނަ އަހަރު މެޑްރިޑްގެ ކާލޯސް 3 ޔުނިވަރސިޓީގައި ސިޔާސީ ޢިލްމުގެ ދާއިރާއިން މަތީ ތަޢުލީމު ފެއްޓެވުމެވެ.
ޒިންމާދާރު ޝަޚްޞިއްޔަތާއި މުސްތަޤްބަލު
ލިއޮނޯރގެ ޙަޔާތްޕުޅުގެ އެންމެ ތާރީޚީ އެއް ދުވަހަކީ 18 އަހަރު ފުރުނު ދުވަހު، ސްޕެއިންގެ ޤާނޫނުއަސާސީއަށް ވަފާތެރިވުމުގެ ހުވައި ކުރެއްވި ދުވަހެވެ. އެކަމަނާގެ ހިތްހެޔޮކަމާއި ރީތި އަޚްލާޤުގެ ސަބަބުން ރައްޔިތުންގެ މެދުގައި ވަނީ ބޮޑު މަޤްބޫލުކަމެއް ހޯއްދަވާފައެވެ.
ސްޕެއިންގެ ރައްޔިތުން ޕްރިންސަސް ލިއޮނޯރަށް ބަލަނީ ޒަމާނީ ގޮންޖެހުންތަކާ ކުރިމަތިލެވޭނެ، ތާރީޚީ އަސާސްތަކަށް އިޙްތިރާމްކުރާ އުންމީދީ ވެރިއެއްގެ ގޮތުގައެވެ. އެކަމަނާއަކީ ސްޕެއިންގެ ރަސްކަމުގެ އާ ފެށުމުގެ ރަމްޒެވެ.

ކިޔުންތެރިންގެ ހިޔާލު