މިދިޔަ ބުދަ ދުވަހު ސްޕެއިންގެ ދެކުނުބިތުގައި ހިނގި ރޭލު އެކްސިޑެންޓެއްގައި ގިނަ ބަޔަކު މަރުވެ، އެތައް ބަޔަކު ޒަޚަމްވި ހިތާމަވެރި ހާދިސާއާ ގުޅިގެން، ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސް މުޢިއްޒުގެ މެސެޖުގައި، މި ހިތާމަވެރި ހާދިސާގެހަބަރު އެއްސެވީ ފުން ހިތާމައާއެކުގައި ކަމަށް ވިދާޅުވެ މި ހާދިސާއާ ގުޅިގެން، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ސްޕެއިންގެ ސަރުކާރަށާއި ރައްޔިތުންނަށް އިހުލާސްތެރި ކަމާއެކު ހަމްދަރުދީ ފޮނުއްވާފައިވެއެވެ.

މީގެއިތުރުން، މި ހާދިސާގައި ދުނިޔެ ދޫކޮށްފައިވާ ފަރާތްތަކުގެ ޢާއިލާތަކަށް ކެތްތެރިކަން މިންވަރުކޮށްދެއްވުން އެދިވަޑައިގެން، އަނިޔާވި މީހުންނަށް އަވަސް ޝިފާއަކަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.

ސްޕެއިންގައި ހިނގި މި ނުރައްކާތެރި އެކްސިޑެންޓްގައި 68 މީހުން މަރުވިއިރު 80 މީހުން ވަނީ އެކިވަރުގެ ޒަޚަމްތަށް ލިބިފައެވެ. އަދި ޒަހަމްވި މީހުންގެ ތެރެއިން 15 މީހެއްގެ ވަރަށް ބޮޑަށް ސީރިއަސްވެ ބައެއް މީހުންގެ ފުރާނަ ސަލާމަތް ނުކުރެވިދާނެކަމުގެ ބިރުވެސްވަނީ ބޮޑުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު