މޯބައިލް ފޯނު ވިއްކުމުގައި 1 ބިލިއަން ޕައުންޑް (1.2 ބިލިއަން ޔޫރޯ) ގެ ވީ.އޭ.ޓީ (ވެލިއު އެޑެޑް ޓެކްސް) މަކަރެއް ހެދުމަށްފަހު، ފިލައިގެން އުޅޭތާ 9 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ، އިނގިރޭސިވިލާތުން އެންމެ ހޯދަން ބޭނުންވި އަންހެންމީހާ ކަމަށްވާ ސާރާ ޕެނިޓްޒްކޭ ސްޕެއިނުން ހައްޔަރުކޮށްފިއެވެ.
ސްޕެއިންގެ ފުލުހުން މަޢުލޫމާތު ދިން ގޮތުގައި، ޕެނިޓްޒްކޭ ހައްޔަރުކޮށްފައިވަނީ އާދީއްތަ ދުވަހު، ސްޕެއިންގެ އުތުރުއިރުމަތީ ސަރަޙައްދެއް ކަމަށްވާ ސަންތާ ބާބަރާގައި އޭނާގެ ކުއްތާތައް ގޮވައިގެން ހިނގާލަން ނުކުމެ އުޅެނިކޮށެވެ.
އޭނާގެ މައްޗަށް ތުހުމަތު ކުރެވެނީ ކުށްކުރާ ގޭންގަކާ ގުޅިގެން، ގައުމުން ބޭރުން މޯބައިލް ފޯނު ގަތުމަށްފަހު ޓެކްސް ނުދައްކައި އިނގިރޭސިވިލާތުގައި އެ ފޯނުތައް އަލުން ވިއްކުމުގައި އެހީތެރިވެދިން ކަމުގެ ތުހުމަތެވެ.
މި ގްރޫޕުން 1 ބިލިއަނަށް ވުރެ ގިނަ ޕައުންޑުގެ ފައިދާ ހޯދާފައިވާ ކަމަށް ބެލެވޭއިރު، ތަޙުޤީޤީ އިދާރާތަކުން ބުނާ ގޮތުގައި އެ ދުވަސްވަރު އިނގިރޭސިވިލާތުގައި ހުއްދަ އޮވެގެން ވިޔަފާރިކުރާ ހުރިހާ ފިހާރަތައް އެއްކޮށްލުމުން ވިކުނު ޢަދަދަށްވުރެ ގިނައިން މި ގްރޫޕުން ވަނީ ފޯނު ވިއްކާފައެވެ.
ސްޕެއިންގެ ސިވިލް ގާޑުން ހާމަކުރި ގޮތުގައި، ސްޕެއިން، އެންޑޯރާ އަދި ދުބާއީގެ ކުންފުނިތައް މެދުވެރިކޮށް މި ޖަރީމާއިން ލިބުނު ފައިސާ ލޯންޑަރ ކުރުމުގެ އިސް ދައުރެއް އަދާކުރީ ޕެނިޓްޒްކޭއެވެ.
މި މައްސަލައިގައި އޭނާ ފިލާފައިވަނީ 2013 ވަނަ އަހަރުގެ މެއި މަހުގައެވެ. އަދި އޭނާގެ ޣައިރު ހާޒިރުގައި ވަނީ 8 އަހަރުގެ ޖަލު ޙުކުމެއް އިއްވާފައެވެ. އޭނާއަކީ މި މައްސަލައިގައި ތުހުމަތުކުރެވުނު 16 މީހުންގެ ތެރެއިން އަތުނުވެ ދޫވެފައި ހުރި އެންމެ ފަހު މީހާއެވެ.
ފުލުހުން ހާމަކުރި ގޮތުގައި، އޭނާ ހޯދިޔަ ނުދިނުމަށްޓަކައި ދިރިއުޅޭ އެޑްރެހާއި ސިފަ ތަކުރާރުކޮށް ބަދަލުކުރަމުން ދިޔަ ނަމަވެސް، ތަޙުޤީޤު ޓީމުތަކުން ކުރި މަސައްކަތުން އޭނާ ސަންތާ ބާބަރާގައި އުޅެނިކޮށް ވަނީ ހޯދައިގަނެވިފައެވެ.
އަދި އޭނާގެ މައްޗަށް އިއްވާފައިވާ ޖަލު ޙުކުމް ތަންފީޛު ކުރުމަށްޓަކައި، އޭނާ އިނގިރޭސިވިލާތާ ޙަވާލުކުރުމުގެ ޤާނޫނީ މަރުޙަލާތައް މިހާރު ވަނީ ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު