މަޝްހޫރު ބަތަލާ އަދި އިންޑިއާގެ ޕާލަމަންޓް މެންބަރު ހޭމާ މާލިނީ، އޭނާގެ ފަންނީ ހަޔާތަށް 60 އަހަރު ފުރުން ފާހަގަކުރުމަށް ބާއްވާ ހާއްސަ ކޮންސަޓެއްގައި ފުރަތަމަ ފަހަރަށް ސްޓޭޖްމަތީގައި ލައިވްކޮށް ލަވަކިޔުމަށް ތައްޔާރުވެއްޖެއެވެ.
"ދަ ޑްރީމް ގާރލްސް ޑައިމަންޑް ޖުބިލީ ކޮންސަޓް" ގެ ނަމުގައި ބާއްވާ މި ހަރަކާތަކީ ސިނެ އެންޑް ޓީވީ އާޓިސްޓްސް އެސޯސިއޭޝަން (ސީއައިއެންޓީއޭއޭ) އަށް އެހީތެރިވުމުގެ ގޮތުން ބާއްވާ ޗެރިޓީ އިވެންޓެކެވެ. މުމްބާއީގައި ޖުލައި މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި މިއުޒިކީ ހަވީރު ބައްޓަންކޮށްފައިވަނީ "ލެޖެންޑްސް ކީ ކަހާނީ، ލެޖެންޑްސް ކީ ޒުބާނީ" މި ކޮންސެޕްޓަށެވެ.
މި ކޮންސަޓްގައި ހޭމާ މާލިނީގެ ފިލްމީ ދަތުރުގެ މުހިންމު ހަނދާންތައް އޭނާގެ އަމިއްލަ އަޑުން ކިޔައިދޭއިރު، އޭނާގެ ފިލްމުތަކުގެ މަޝްހޫރު ލަވަތައް ލައިވްކޮށް ހުށަހަޅައިދޭނެއެވެ. އަދި ކޮންސަޓް ނިންމާލުމުގެ ގޮތުން ހޭމާގެ ފަރާތުން ހައިރާންކުރުވަނިވި ހާއްސަ ލަވައެއް ވެސް ފެނިގެންދާނެއެވެ. މި ހަވީރުގައި 15 މިއުޒީޝަނުންގެ އޯކެސްޓްރާއަކުން ހޭމާގެ ފަންނީ ހަޔާތުގެ އެކި މަރުހަލާތަކާ ގުޅޭ މިއުޒިކް ކުޅޭނެއެވެ.
މި ކޮންސަޓް އިޢުލާނުކުރުމަށް ދާދިފަހުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ބޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ ޕޫނަމް ދިލަން، ޕަދްމިނީ ކޯލަޕޫރޭ، ސުރޭޝް ވަޑްކަރް، އަދި އަނޫ މަލިކް ފަދަ ފަންނާނުން ބައިވެރިވިއެވެ. މި ބައްދަލުވުމުގައި ވާހަކަދައްކަމުން ޕަދްމިނީ ކޯލަޕޫރޭ ވަނީ ހޭމާއާ އެކު މަސައްކަތްކުރި ދުވަސްވަރުގެ ފޮނި ހަނދާންތައް އާކޮށް، އޭނާއަށްޓަކައި މި ކޮންސަޓްގައި ހާއްސަ ހުށަހެޅުމެއް ހުށަހަޅައިދޭނެ ކަމަށް ބުނެފައެވެ
މި އިވެންޓުގެ ތެރެއިން ސީއައިއެންޓީއޭގެ މެންބަރުންނާއި މަސައްކަތްތެރިންގެ ލާބައަށްޓަކައި ހޭމާ މާލިނީގެ ފަރާތުން ބޮޑު އެހީއެއް ވެސް ވަނީ އިޢުލާނުކޮށްފައެވެ. މީގެ އިތުރުން، މި ހަވީރުގައި ކަވިތާ ކްރިޝްނަމުރުތީ، އަނޫޕް ޖަލޯޓާ އަދި ޝައްބީރު ކުމާރު ފަދަ ދާއިރާގެ ދަހަަރު ފަންނާނުން ލަވަހުށަހަޅައިދޭނެއެވެ.
މި ޑައިމަންޑް ޖުބިލީ ފާހަގަކުރުމުގެ ގޮތުން، ހޭމާ މާލިނީއާއި އާރް.ޖޭ އަނިރުދު ޗައުލާ ގުޅިގެން ލިޔެފައިވާ ހޭމާގެ ހަޔާތުނާމާ "ބަޔޮގްރަފީ" ފޮތެއް ވެސް ނެރުމަށް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު