މެދުރާއްޖެތެރޭގެ ރަށެއްގައި އިމާރާތެއްގެ ދެވަނަ ފަންގިފިލާއިން ކުޑަކުއްޖަކު ވެއްޓުނު މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.
މި ހާދިސާ ހިނގާފައިވަނީ 29 މެއި 2026 ގައެވެ. ފުލުހުން މައުލޫމާތު ދޭ ގޮތުގައި، މި ހާދިސާގެ ރިޕޯޓު ލިބުމާއެކު، އެކަން ހިނގައިދިޔަ ގޮތް ބެލުމަށްޓަކައި ކުރަންޖެހޭ ތަހުގީގުތައް މިހާރު ވަނީ ފަށާފައެވެ.
މި ހާދިސާގައި ވެއްޓުނު ކުއްޖާގެ ހާލަތާ ގުޅޭގޮތުން ފުލުހުން ބުނީ، ބޭރުފުށުން ބަލާއިރު އެ ކުއްޖާއަށް އެއްވެސް ބޮޑު އަނިޔާއެއް ލިބިފައި ނުވާ ކަމަށެވެ. ނަމަވެސް، ކުއްޖާގެ ސިއްހީ ހާލަތު އިތުރަށް ކަށަވަރުކުރުމަށް އާއިލާއިން ބޭނުންވާތީ، އިތުރު ޓެސްޓުތައް ހެދުމަށްޓަކައި އެ ކުއްޖާ މިހާރު ވަނީ މާލެ ގެނެސް އައިޖީއެމްއެޗް ހޮސްޕިޓަލަށް ދައްކާފައެވެ.
މި ހާދިސާ ހިނގި ވަގުތާއި، ވެއްޓުނު ކުއްޖާގެ އުމުރު ފަދަ އެއްވެސް ތަފްސީލެއް ފުލުހުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
ފުލުހުން ދަނީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށާއި، މިކަމުގައި އެއްވެސް ފަރާތެއްގެ އިހުމާލެއް އޮތްތޯ ބެލުމަށް ފުރިހަމަ ތަހުގީގެއް ހިންގަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު