މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ކޯވިޑް-19 އަށް ވެކްސިނެއް ލިބޭނެކަމަށް އޮކްސްފޯޑް ޔުނިވަރސިޓީގެ ވެކްސިނޯލޮޖީ ޕްރޮފެސަރެއްކަމުގައިވާ ސާރާ ގިލްބަރޓް ވިދާޅުވެއްޖެއެވެ.

ސާރާ ވިދާޅުވީ އޭނާގެ ޓީމުން ތައްޔާރުކުރުމަށް މަސައްކަތްކުރަމުން ގެންދާ ވެކިސިން ބަލީގެ ފަރުވާއަކަށް ވާނެ ކަމުގެ 80 އިންސައްތަ ޔަގީންކަން މިހާރުވެސް އެބަ އޮތްކަމަށެވެ. އަދި ކުރިއަށް އޮތް 3 ދުވަހުގެ ތެރޭގައި އިންސާނުންނަށް ވެކްސިން ދީގެން ވެކްސިން ޓެސްޓުކުރަން ފަށާނެކަމަށްވެސް ސާރާ ވަނީ ވިދާޅުވެފައެވެ.

ސާރާ ގިލްބާރޓްއާއި އޮކްސްފަރޑްގެ ޓީމުން އަންނަނީ ކެނޑިނޭޅި މި ވައިރަހަށް ވެކްސިނެއް ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުންނެވެ. ނަމަވެސް ސާރާ ވިދާޅުވީ އިނގިރޭސި ވިލާތުގައި މިވަގުތު ހިންގަމުންދާ ލޮކްޑައުންގެ ސަބަބުން ޓްރަޔަލްތަކަށް ދަތިކަމެއް ކުރިމަތިވެދާނެކަމަށާއި، ނަމަވެސް ހުރިހާކަމެއް ތާވަލާއި އެއްގޮތަށް ކުރިއަށް ދާނަމަ، ސެޕްޓެމްބަރު މަހުގެ ނިޔަލަށް ވެކްސިންގެ މަސައްކަތް ނިންމާލެވޭނެކަމުގެ ޔަގީންކަށް ވަރަށް ބޮޑުކަމަށެވެ.

ދުނިޔޭގައި 1,710,311 މީހަކު ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެފައި ވާއިރު، 103,512 މީހުން މި ބަލީގައި މަރުވެފައިވާކަން ފާހަގަކުރެވެއެވެ.

ދުނިޔޭގައި މިހާރުވެސް މިފަދަ ދެ ވެކްސިނެއް އިންސާނުންނަށް ދީގެން ޓެސްޓް ކުރަމުން އެބަގެންދެއެވެ. މިވެކްސިންތައް ކާމިޔާބު ފަރުވާއަކަށް ވީ ނަމަވެސް ވެކްސިނެއް އުފައްދައިގެން ބާޒާރަށް ނެރެން އެންމެ މަދުވެގެންވެސް އަހަރަކަށްވުރެ ގިނަ ދުވަސް ނަގާނެ ކަމަށް އެފަދަ ފަރާތްތަކުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން