ކުޅުދުއްފުށި ސިޓީގައި މިފަހަރު ބޭއްވި އަޟްހާ އީދުގެ މާލި ޕެރޭޑުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ޖޯކުޖަހައި ފުރައްސާރަކޮށްފައިވާ ކަމަށް ބުނެ، ވެރިކަން ކުރާ ޕީއެންސީގެ އެކްޓިވިސްޓުން ނުރުހުން ފާޅުކުރަމުން ދަނިކޮށް، ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ޝަހީފް (މުންދު) އެ ޕެރޭޑަށް ތައުރީފު ކުރެއްވުމުން ސަރުކާރަށް ތާއީދުކުރާ އެކްޓިވިސްޓުންގެ މެދުގައި މައްސަލަ ހޫނުވެއްޖެއެވެ.
ޕީއެންސީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓުން ބޭނުންކުރާ ވަޓްސްއެޕް ގްރޫޕެއްގައި، މުންދު ކުރެއްވި ޕޯސްޓުތަކާ ގުޅިގެން ގިނަ ބަޔަކު ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.
އަދި މި މައްސަލަ ރައީސް މުއިއްޒާ ހަމައަށް އުފުލާނެ ކަމުގެ އިންޒާރު ވެސް ބައެއް އެކްޓިވިސްޓުން ވަނީ ދީފައެވެ. އެކްޓިވިސްޓުންގެ މެދުގައި މި ހަމަނުޖެހުން އުފެދުނީ، ކުޅުދުއްފުށީގެ މާލި ޕެރޭޑަކީ ރައީސަށް ފުރައްސާރަކުރަން ހިންގި ހަރަކާތެއްގެ ގޮތުގައި އެ ފަރާތްތަކުން ދެކެމުންދަނިކޮށް ސަރުކާރުގެ ރަސްމީ ތަރުޖަމާނު އެކަން ދިފާއުކުރެއްވުމުންނެވެ.
މި މައްސަލަ ފެންމަތިވީ، މާލި ޕެރޭޑާ ގުޅުވައިގެން މުންދު އެކްސް (ކުރީގެ ޓްވިޓާ) ގައި ކުރެއްވި ޕޯސްޓެއްގައި "އަތުގެ މުލައްދަނޑި" ރަމްޒުކޮށްދޭ އިމޯޖީއެއް ބޭނުންކުރައްވައި، އެ ހަރަކާތާ މެދު ފަހުރުވެރިވާކަން ހާމަކުރެއްވުމުންނެވެ. މީގެ އިތުރުން ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވެސް މުންދު ވަނީ ކުޅުދުއްފުށީގެ މާލި ޕެރޭޑަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާފައެވެ.
އެގޮތުން، ކުޅުދުއްފުށީގެ މާލި ޕެރޭޑުން އޭނާއަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައި ހުރި މާލިތަކެއް ފެނުމުން އެކަމާ އުފާކުރައްވައި ފަހުރުވެރިވާ ކަމަށް ވެސް މުންދު ވިދާޅުވިއެވެ.
ސަރުކާރުގެ އެކްޓިވިސްޓުންގެ ފާޑުކިޔުން މުންދާއަށް އަމާޒުވި ނަމަވެސް، އާންމުންގެ ގިނަ ބަޔަކު ވަނީ މުންދުގެ މި ހާމަކުރުމަށް ތައުރީފުކޮށްފައެވެ. އަދި މުންދުއަކީ ފާޑުކިޔުންތައް ބަލައިގަންނަން ދަންނަ، ސިޔާސީ ގޮތުން ތަސައްރަފު ފުދިފައިވާ ބޭފުޅެއްގެ ގޮތުގައި ގިނަ ބަޔަކު ވަނީ ސިފަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު