މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އަލަށް އަމަލުކުރަން ފެށި ބޭރު ފައިސާ މާރުކުރުމުގެ ގަވާއިދުގެ ދަށުން، ފާއިތުވި އަހަރުގެ ތެރޭގައި ރިސޯޓުތަކުން ބޭންކުތަކަށް ޖުމްލަ 671 މިލިއަން ޑޮލަރު މާރުކޮށްފައިވާކަން އެމްއެމްއޭގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.

އެމްއެމްއޭއިން ނެރުނު 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައިވާ ގޮތުން، މިދިޔަ ޖެނުއަރީ މަހުން ފެށިގެން އަމަލުކުރަން ފެށި މި ގަވާއިދުގެ ދަށުން މިހާތަނަށް 182 ރިސޯޓަކުން ވަނީ އެމްއެމްއޭގައި ރަޖިސްޓްރީކޮށް، ޑޮލަރު މާރުކުރަން ފަށާފައެވެ. މި އުސޫލުގެ ދަށުން ރިސޯޓުތަކަ

ށް އަންނަ ކޮންމެ ފަތުރުވެރިއަކަށް 500 ޑޮލަރު ނުވަތަ ލިބޭ އާމްދަނީގެ 20 އިންސައްތަ ބޭންކުތަކަށް މާރުކުރަން ޖެހެއެވެ. އަދި ގެސްޓްހައުސްތަކާއި ސަފާރީތަކުން ކޮންމެ ފަތުރުވެރިއަކަށް 25 ޑޮލަރު ނުވަތަ އާމްދަނީގެ 20 އިންސައްތަ މާރުކުރުން ލާޒިމުވެއެވެ.

މީގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާ ނޫން އެހެން ދާއިރާތަކުން އަހަރަކު 15 މިލިއަން ޑޮލަރަށް ވުރެ ގިނައިން އާމްދަނީ ލިބޭ ވިޔަފާރިތަކުންވެސް، ލިބޭ ފައިސާގެ 20 އިންސައްތަ ބޭންކުތަކަށް މާރުކުރަން ޖެހޭނެ ކަމަށް އެމްއެމްއޭއިން ބުނެއެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، ރިސޯޓުތަކުން ބޭންކުތަކަށް މާރުކުރި ޑޮލަރުގެ 78 އިންސައްތަ ނުވަތަ 523.4 މިލިއަން ޑޮލަރު ބޭންކުތަކުން ވަނީ އެމްއެމްއޭއަށް ވިއްކާފައެވެ. މިއީ ގަވާއިދުން ލާޒިމުކުރާ 70 އިންސައްތައަށް ވުރެ އިތުރު އަދަދެކެވެ. މި ބަދަލާއެކު ދައުލަތުގެ ރިޒާވަށް ހެޔޮ އަސަރެއް ކޮށްފައިވާކަމަށް އެމްއެމްއޭއިން ފާހަގަކުރެއެވެ.

ބާޒާރުގައި ޑޮލަރުގެ އަގު ހިފެހެއްޓުމަށާއި އަސާސީ ބޭނުންތަކަށް ބޭންކުތަކަށް ދޫކުރި ޑޮލަރުގެ މިންވަރު 10 އިންސައްތަ އިތުރުވެ، 1.1 ބިލިއަން ޑޮލަރަށް

ވަނީ އަރާފައެވެ. މީގެ ތެރެއިން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް މުދާ ގެނައުމާއި ދަރަނި ދެއްކުމަށް 651 މިލިއަން ޑޮލަރު، ބޭންކުތައް މެދުވެރިކޮށް އާންމުންނާއި ވިޔަފާރިތަކަށް 447.6 މިލިއަން ޑޮލަރު، އަދި ސަރުކާރުގެ ދަރަންޏާއި ބޭސްފަރުވާއަށް 436 މިލިއަން ޑޮލަރު އެމްއެމްއޭއިން ވަނީ ދޫކޮށްފައެވެ.

އިގްތިސޯދުގައި ދައުރުވާ ފައިސާގެ މިންވަރު ކޮންޓްރޯލްކޮށް، ރުފިޔާގެ އަގު ހިފެހެއްޓުމަށްޓަކައި އެމްއެމްއޭއިން ވަނީ އޯޕަން މާކެޓް އޮޕަރޭޝަންސް މެދުވެރިކޮށް ތިން ބިލިއަން ރުފިޔާ ނިޒާމުގެ ތެރެއިން އަނބުރާ ނަގާފައެވެ. އެމްއެމްއޭގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، މިދިޔަ އަހަރު ބޭންކުތަކަށް ފޯރުކޮށްދިން ޑޮލަރުގެ އަދަދަކީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 29 އިންސައްތަ އިތުރު އަދަދެކެވެ.



ކިޔުންތެރިންގެ ހިޔާލު