އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ވާދަކުރައްވާ މީކާއިލް އަހްމަދު ނަސީމްގެ "އިތުބާރު" ކެމްޕެއިން ޓީމުން ރާއްޖޭގެ ހުރިހާ ސިޓީތަކަކަށް ކުރަން ހަމަޖެހިފައިވާ ދަތުރުތަކުގައި، ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އެ ޓީމުން ބުނެފި އެވެ.
މީކާއިލަށް ފާޅުކަން ބޮޑު ގޮތެއްގައި ތާއީދު ކުރައްވާކަން މީގެ ކުރިން ހާމަކުރައްވާފައިވާ ރައީސް ޞާލިހް، މިހާތަނަށް ކެމްޕެއިންގެ ރަސްމީ ހަރަކާތްތަކުން ފެނިގެން ގޮސްފައިނުވި ނަމަވެސް، ކުރިއަށް އޮތް ދަތުރުތަކުގައި އެމަނިކުފާނު އަމަލީ ގޮތުން ބައިވެރިވެވަޑައިގަތުމަށް ވަނީ ނިންމަވާފަ އެވެ.
މި މަހުގެ ފަސްވަނަ ދުވަހުން ފެށިގެން 10 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ދަތުރުތަކުގައި، ރައީސް ޞާލިހުގެ ބައިވެރިވުމާއެކު ފަސް ސިޓީއެއްގައި ކެމްޕެއިން ހަރަކާތްތައް ކުރިއަށްދާނެ އެވެ. އެގޮތުން، މި މަހުގެ ފަސްވަނަ ދުވަހު ފުވައްމުލަކު ސިޓީން ދަތުރުތައް ފެށުމަށްފަހު، ހަވަނަ ދުވަހު ތިނަދޫ ސިޓީއަށް އަދި ހަތްވަނަ ދުވަހު އައްޑޫ ސިޓީއަށް އެ ޓީމު ދާނެ އެވެ.
އެއަށްފަހު، ޖޫން ނުވަވަނަ ދުވަހު ކުޅުދުއްފުށި ސިޓީގައި ކެމްޕެއިން ހަރަކާތްތައް ކުރިއަށްދާނެ އެވެ.
މި ކެމްޕެއިން ދަތުރުތައް ނިންމާލުމުގެ ގޮތުން، ޖޫން މަހުގެ 10 ވަނަ ދުވަހު މާލޭގައި ބޮޑު ޖަލްސާއެއް ބޭއްވުމަށްވެސް ވަނީ ތާވަލުކޮށްފަ އެވެ.
"އިތުބާރު" ކެމްޕެއިން ޓީމުން މައުލޫމާތު ދިން ގޮތުގައި، މާލޭގައި ބާއްވާ އެ ޖަލްސާގައި ވެސް ރައީސް ރައީސް ޞާލިހް ބައިވެރިވެވަޑައިގެން ދެއްވާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު