ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، ރަސްމީ ދަތުރުފުޅެއްގައި މިރޭ އައްޑޫ ސިޓީއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ.
މި ދަތުރުފުޅަކީ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އަދި އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ގެ ކެމްޕޭނަށް ތާއީދު ހޯއްދަވައިދެއްވުމުގެ ގޮތުން ކުރައްވާ މުހިންމު ދަތުރުފުޅެކެވެ.
އައްޑޫ ސިޓީގެ ސިޔާސީ މަސްރަހު މި ދުވަސްވަރު ވަރަށް ބޮޑަށް ހޫނުވެފައިވާއިރު، ރައީސް ޞާލިޙުގެ މި ދަތުރުފުޅަކީ ކެމްޕޭން ހަރަކާތްތައް އިތުރަށް ވަރުގަދަ ކުރުމަށް ކުރައްވާ ދަތުރެއް ކަމަށް އެމްޑީޕީން މައުލޫމާތުދެ އެވެ. ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވުމާ ގުޅިގެން ބާއްވާ މި އިންތިހާބުގައި ސޯބެގެ ކެމްޕޭން ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެން، އާންމުންނާ ބައްދަލުކުރައްވައި އެމަނިކުފާނު ވާހަކަފުޅު ދައްކަވާނެ އެވެ.
ރައީސް ޞާލިޙަށް މަރުހަބާ ދެންނެވުމަށް މިރޭ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް އެމްޑީޕީގެ ގިނަ އަދަދެއްގެ ސަޕޯޓަރުންނާއި އާންމުން ޖަމާވާނެ ކަމަށް ވަނީ ބެލެވިފަ އެވެ. އެމަނިކުފާނުގެ މި ދަތުރުފުޅުގައި ކެމްޕޭން ހަރަކާތްތަކުގެ އިތުރުން، އައްޑޫގެ އެކި ދާއިރާތަކުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ސިޔާސީ މަޝްވަރާތައް ކުރިއަށް ގެންދެވުމަށް ވަނީ ހަމަޖެހިފަ އެވެ.
އައްޑޫ ސިޓީއަކީ އަބަދުވެސްރައީސް ޞާލިހުގެ ސިޔާސީ ހަޔާތުގައި ހާއްސަ އަހަމިއްޔަތުކަމެއް ދެއްވާ ސިޓީއަކަށްވާއިރު، މި ބައި-އިލެކްޝަން ކާމިޔާބު ކުރުމަކީ އެމްޑީޕީއަށް މުހިންމު ލަނޑުދަނޑިއެކެވެ.

ކިޔުންތެރިންގެ ހިޔާލު