ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެނޑިދޭޓް އަބްދުﷲ ޞާދިޤް (ސޯބެ) ގެ ކެމްޕޭން ވަރުގަދަކުރުމުގެ ގޮތުން މިރޭ ބާއްވާ ބޮޑު ޖަލްސާގައި ކުރީގެ ދެ ރައީސުން ކަމަށްވާ ރައީސް މުޙައްމަދު ނަޝީދާއި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ބައިވެރިވެ ވަޑައިގަންނަވާނެއެވެ.
އެމްޑީޕީން މަޢުލޫމާތު ދޭ ގޮތުގައި، މި ފޯރިގަދަ ކެމްޕޭން ޖަލްސާ އޮންނާނީ މިރޭ 20:30 ގައި ހިތަދޫ ސްކޫލުގައެވެ.
ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ، އެ ދާއިރާގެ މެންބަރަކަށް ކުރިން ހުންނެވި ސަރުކާރު ހިންގާ ޕީއެންސީގެ މުހައްމަދު ސިނާންގެ މައްޗަށް ސާބިތު ދަރަންޏެއް އޮތުމާ ގުޅިގެންނެވެ. ސިނާންގެ މެންބަރުކަމުގެ ޝަރުތު ގެއްލިއްޖެ ކަމަށް މިދިޔަ އާދިއްތަ ދުވަހު ސުޕްރީމް ކޯޓުން ވަނީ ޙުކުމް ކޮށްފައެވެ. ސިނާންގެ ގޮނޑި ގެއްލުނީ އިސްލާމިކް ބޭންކުން ނަގާފައިވާ 2.5 މިލިއަން ރުފިޔާގެ ލޯނެއް، ކޯޓު ޙުކުމާ އެއްގޮތަށް އަނބުރާ ދައްކާފައި ނުވާތީއެވެ.
ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި މި ޙުކުމުގައި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު ވިދާޅުވީ، ޙުކުމާ އެއްގޮތަށް ފައިސާ ދައްކަމުން ނުދާކަން ލިޔެކިޔުންތަކުން ސާބިތުވާތީ، ޤާނޫނުއަސާސީގައި ބަޔާންކުރާ މެންބަރުކަމުގެ ޝަރުތު ސިނާންގެ ކިބައިން އުނިވެފައިވާ ކަމަށެވެ.
މި ބައި-އިލެކްޝަންގައި ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން ވާދަކުރައްވަނީ މޫލެކެޑެ ދާއިރާގެ ކައުންސިލަރުކަން ކުރެއްވި އަހްމަދު ސައީދު (ސޮޑާ) އެވެ.
އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި، ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވޯޓުލުމުގެ ހައްގު ޖުމްލަ 4,120 މީހުންނަށް ލިބިގެންވެއެވެ. މި އިންތިޚާބަށްޓަކައި ޖުމްލަ ހަތް ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. މި ދާއިރާގެ ވޯޓުލުން އޮންނާނީ ކުރިއަށް އޮތް ޖޫން މަހުގެ 6 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 16:00 އަށެވެ.

ކިޔުންތެރިންގެ ހިޔާލު