ބައިނަލްއަޤްވާމީ ކްރެޑިޓް ރޭޓިންގ އެޖެންސީ، ފިޗް ރޭޓިންގްސް އިން ރާއްޖޭގެ ރޭޓިންގއަށް ގެނައި ބަދަލާއެކު ސަރުކާރުން އެއީ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ސިފަކުރަށްވަމުން ދަނިކޮށް، އެ ރޭޓިންގތަކުގެ ހަގީގީ މާނަ ޓެންޑަރ ބޯޑުގެ ކުރީގެ ޗެއާމަން އިސްމާއިލް ޒަރިޔަންދު ތިލަކޮށް ދެއްވައިފިއެވެ.
ފިޗުން އިއްޔެ އިއުލާންކުރި ގޮތުގައި ރާއްޖޭގެ ކްރެޑިޓް ރޭޓިން ވަނީ 'ސީސީ' އިން، އޭގެ ޖެހިގެން އޮންނަ މަތީ ރޭޓިން ކަމަށްވާ 'ސީސީސީ މައިނަސް'އަށް ބަދަލުކޮށްފައެވެ. ސަރުކާރުގެ ބައެއް ބޭފުޅުން މި ބަދަލަކީ ރާއްޖެއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި ސިފަކުރަށްވަމުން ގެންދަވާތީ، ޒަރިޔަންދު ވަނީ ފިޗް ރޭޓިންގްސް އިން ބޭނުންކުރާ އެކި ދަރަޖަތަކުން ދޭހަކޮށްދޭ މާނަ އާންމުންނަށް ސާފުކޮށް ދެއްވާފައެވެ.
ޒަރިޔަންދު ހިއްސާކުރެއްވި މައުލޫމާތުގައިވާ ގޮތުން، ފިޗް ރޭޓިންގްސްގެ މިންގަނޑުތައް ބެހިފައިވަނީ އަންނަނިވި ގޮތަށެވެ:

ރޭޓިންގެ ހަގީގީ މާނަ ދޭހަވާ ތާވަލެއް
މި ތާވަލަށް ބަލާއިރު، ރާއްޖެ މިހާރު އޮތް 'ސީސީސީ މައިނަސް' ދަރަޖައަކީ ދަރަނީގެ ބޮޑު ނުރައްކަލެއް އޮތް، އަދި އިންވެސްޓްކުރަން ކަމުނުދާ ދަރަޖައެކެވެ. ރާއްޖޭގެ ރޭޓިންގ ސީސީ އިން 'ސީސީސީ މައިނަސް' އަށް ބަދަލުވުމަކީ ކުޑަ ކުރިއެރުމެއް ނަމަވެސް، މުޅި މާލީ ހާލަތަށް ބަލާއިރު ރާއްޖެ އަދިވެސް އޮތީ ނުރައްކާތެރި ފައްތަރެއްގައެވެ.
މިކަމާ ގުޅިގެން މާލީ މާހިރުން ފާހަގަކުރަށްވަނީ، ފިޗްގެ މި ނިންމުމަކީ ބައިނަލްއަޤްވާމީ މާލީ ބާޒާރުގައި ރާއްޖެއަށް އޮތް އިތުބާރު ކޮންމެވެސް މިންވަރަކަށް ބޮޑުވެ، އިޤްތިޞާދީ މިސްރާބު ރަނގަޅުވަމުން ގޮސްދާނެ ކަމުގެ އުންމީދެއް ކަމަށެވެ. ނަމަވެސް، ޒަރިޔަންދު ފާހަގަކުރެއްވި ފަދައިން، މި ރޭޓިންގްތަކުގެ ހަގީގީ މާނަ ދެނެގަތުމަކީ އިގްތިސާދީ ހަގީގަތް ފެންނަން އޮތް ގޮތް ވަޒަންކުރުމަށް މުހިންމު ކަމެއް ކަމަށް އިޤްތިޞާދީ މާހިރުން ވިދާޅުވެއެވެ.
ފިޗުން ރާއްޖޭގެ ރޭޓިން މައްޗަށް ޖައްސާފައިވާއިރު، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަންނަނީ ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅުކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. މި މަސައްކަތުގައި މާލީ ވަޒީރުވެސް ގެންދަވަނީ އިގްތިސާދީ އިސްލާހީ ގިނަ ފިޔަވަޅުތަކެއް އެޅުއްވުމަށް ދަޢުލަތުގެ އިދާރާތަކަށް ބާރު އަޅުއްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު