ސަރުކާރުން 500 މިލިއަން ޑޮލަރުގެ ސުކޫކް ދެއްކުމާ ގުޅިގެން ފިޗް ރޭޓިންގްސްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިން 'ސީސީ' އިން 'ސީސީސީ މައިނަސް' އަށް މަތިކުރުމަކީ ވަގުތީ ކަމެއް ކަމަށާއި، އޭގެއިން ގައުމުގެ އިގްތިސާދީ މައިގަނޑު އަސާސްތަކަށް ހެޔޮ ބަދަލެއް އައިސްފައިވާކަން ހާމަނުވާ ކަމަށް ކުރީގެ ރައީސް ޔާމީން ޢަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެއެވެ.
ޕީއެންއެފް ފުރަންޓް އޮފީހުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ސަރުކާރުގެ ވަޒީރުންނާއި އިގްތިސާދީ ދާއިރާގެ ބޭފުޅުން މިކަން "މާ ބޮޑު އީދަކަށް" ހައްދަވައިގެން އުޅުއްވި ނަމަވެސް، މިއީ ހަގީގީ ދިރުމެއް އައިސްގެން އުޅޭ ކަމެއް ނޫން ކަމަށެވެ. ރާއްޖޭގެ އިގްތިސާދީ ހާލަތު ސިފަކޮށްދެއްވަމުން އެމަނިކުފާނު ވިދާޅުވީ، މިއީ ވެންޓިލޭޓަރުގައި އޮތް ބަލިމީހަކު، ޑޮކްޓަރުން އުންމީދު ކަނޑާލާފައި ވަނިކޮށް، ކުޑަކޮށް "ލޮލުގެ ބޮނޑި ތޮޅިލުން" ފަދަ ކަމެއް ކަމަށެވެ. އަދި އަވަށްޓެރި ސްރީލަންކާއަށްވެސް ބޭންކްރަޕްޓްވުމުގެ ކުރިން މިފަދަ ގޮތްގޮތް ދިމާވިކަން ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.
"މި ފިޗް ރޭޓިންގް ކުޑަކުޑަ ތަންކޮޅެއް ޖެހިލުމަކީ ވަގުތީ ކަމެއް. އެއީ އިގްތިސާދުގެ ފަންޑަމެންޓަލްސް، އިގްތިސާދު ބިނާވެފައިހުރި މައިގަނޑު ކަންކަމަކަށް ރަނގަޅު ބަދަލެއް އައީކީ ނޫން. މިވަގުތަށް ކުރީގައި އޮތް ދަރަނި ދެއްކިދާނެ ނުދެއްކިދާނެ މިންވަރަށްވުރެ ކުޑަކުޑަ ތަންކޮޅެއް ރޫފަ ޖެހެލީ، އެކަމަކު އޭގެ މާނައަކީ އިގްތިސާދު ރަނގަޅުވެގެން އުޅެނީއެކީ އެއް ނޫން" ރައީސް ޔާމީން ވިދާޅުވިއެވެ.
ރާއްޖޭގައި ކްރެޑިޓް ރޭޓިން ހަދަން ފެށި ބޭނުމަށް އަލިއަޅުއްވާލައްވަމުން ޔާމީން ވިދާޅުވީ، ރޭޓިން ރަނގަޅު ފަންތިއެއްގައި (މިސާލަކަށް ޞ+ ގައި) ހުރުމުން ބޭރުގެ ފަރާތްތަކުން ލޯނު ދޭން ޖެހިލުން ނުވާނެ ކަމަށާއި، އެއީ ފައިސާ އަނބުރާ ދެއްކުމުގެ ގާބިލުކަން ހުރިކަން އެނގޭތީ ކަމަށެވެ. ނަމަވެސް މިހާރު ރާއްޖޭގެ އިގްތިސާދު ހަގީގަތުގައި ރަނގަޅުވަމުންދާ ނަމަ، ފަތުރުވެރިކަމުގެ ދާއިރާއިން އެ ދިރުން ފެންނަން ޖެހޭނެ ކަމަށާއި، އެކަމަކު މިހާރު އެ ދާއިރާ އޮތީ ގާތްގަނޑަކަށް "މަރުވެފައި" ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން މެދުއިރުމަތީގެ ހަނގުރާމައިގެ އަސަރު މީގެ ތެރޭގައި ހިމެނުނު ނަމަވެސް، އެއީ މައްސަލައިގެ އެއްބައި ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން އިތުރަށް ވިދާޅުވީ، ފިޗް ރޭޓިންއަށް މިއައި ބަދަލަކީ އޭގެ ޒާތުގައި ދެމެހެއްޓޭނެ ބަދަލެއް ނޫން ކަމަށާއި، މިއަހަރު ނިމުމުގެ ކުރިން ރޭޓިން އަނެއްކާވެސް ނެގެޓިވްއަށް ސޮއްސާނުލާނެ ކަަމެއް ނޭނގޭކަމަށެވެ. އެހެންކަމުން، ސަރުކާރުގެ ވަޒީރުން މިކަމާ އުފާ ފާޅުކޮށް "ހަވާ އަރުވާވަރު" އަދި ނުވާ ކަމަށް ވިދާޅުވެ އެމަނިކުފާނު ވަނީ ސަރުކާރަށް ފާޑުވިދާޅުވެފައެވެ.
"އެހެންވީމާ، މި އުޅެނީކީއެއް މި ޒަމީރުމެން، ސަޢީދުުމެން އެދެކިވަޑައިގަންނަވާ ކަހަލަ ކަންތައްތަކެއް ނޫން، މި ރޭޓިންގްގަ މި އުޅެނީ އިނގޭތޯ. މި ފިޗް ރޭޓިންގްއަށް މި އައި ވަގުތީ ބަދަލަކީ އޭގެ ޒާތުގަ، ދެމެހެއްޓެނިވި ބަދަލެއް ނޫން. މިއަހަރު ހުސްވުމުގެ ކުރިން، ހަމަ ނޭނގޭ ފަހަތަށް މި ސޮއްސާނުލާނެ ކަަމެއް އިނގޭތޯ. އެހެންވީމާ، އަދި ނުވޭ ހަވާ އަރުވައި މިކަންކަން ކުރާކަށް އަދި ނުވޭ އިނގޭތޯ." ރައީސް ޔާމީން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު