44 ރަށަކުން 3 އަހަރު ދުވަހުގެ މުއްދަތަށް ދަނޑުވެރިކަމަށް ހިލޭ ބިން ދޫކުރުމަށް ނިންމާފައިވާކަމަށް މިނިސްޓަރ އޮފް ފިޝަރީޒް އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް ޒަހާ ވަހީދު ވިދާޅުވެއްޖެއެވެ.
ކޯވިޑް-19 އާއި ގުޅިގެން މައުލޫމާތު ހިއްސާކުރުމަށްޓަކައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ޒަހާ ވިދާޅުވީ ކާނާގެ ޔަގީންކަން ކަށަވަރުކުރުމަށްޓަކައި، ބިން އޮތް ރަށްރަށުގައި ދަނޑުވެރިކަން ކުރުމަށްޓަކައި އެ ރަށްރަށުގެ ކައުންސިލްތަކާއި ގުޅިގެން އެއްވެސް ކުއްޔަކާ ނުލައި ރައްޔިތުންނަށް 3 އަހަރަށް ބިން ދޫކުރުމަށް ސަރުކާރުން ނިންމާފައިވާކަމަށެވެ.
ޒަހާ ވިދާޅުވީ ރަށްރަށުން ބިން ދޫކުރެވެމުންދާނީ ސަރުކާރުން އެކުލަވާލެވޭ އުސޫލުތަކަކާއި އެއްގޮތަށް ކަމަށާއި އެ އުސޫލުތައް ކަނޑައަޅާނީ ފިޝަރީޒް މިނިސްޓްރީއާއި މިނިސްޓްރީ އޮފް ޕްލޭނިން އެންޑް އިންފްރާސްޓަރަކްޗަރ އާއި ގުޅިގެން ކަމަށެވެ.
ހަމައެއާއި އެކު، ދަނޑުވެރިކަން ކުރުމަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން ބިން ދޫކުރެވޭ ފަރާތްތަކާއި އެރަށެއްގެ ކައުންސިލްތަކާއި ދެމެދުގައި އެއްބަސްވުންތަކެއްގައި ސޮއިކުރެވޭނެކަން ފާހަގަކުރައްވާ ޒަހާ ވިދާޅުވީ މި މަސައްކަތް ކުރަން ބޭނުންވަނީ ނަތީޖާ ހާސިލްވާގޮތަށް ކަމަށެވެ.
މިއީ ކާނާގެ ޔަގީންކަން އިތުރުކުރުމަށާއި، ދިވެހީންގެ ފުދުންތެރިކަން އިތުރުކުރުމަށް ދިވެހި ސަރުކާރުން އިސްނަގައިގެން ކުރާ މަސައްކަތެއް ކަމަށް ޒަހާވަނީ ވިދާޅުވެފައެވެ. އަދި މީހުން ދިރިއުޅޭ ރަށްރަށުން 25 އިންސައްތަ ކާބޯތަކެތި ނެރުމަކީ ސަރުކާރުގެ އަމާޒުކަން ފާހަގަކުރައްވާ ޒަހާ ވިދާޅުވީ ބިން ލިބޭ ފަރާތްތަކުން އެބިމުގައި އުފައްދަން އެއްބަސްވާ ތަކެތި އެތާނގައި އުފައްދާތޯ ޔަގީން ކުރެވޭނެކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ބައެއް ކާބޯތަކެތި އުފައްދާނެ ގޮތާއި، އެ ކާބޯތަކެތި ބެލެހެއްޓުމުގެ އިތުރު މައުލޫމާތު ހިމެނޭގޮތަށް މިނިސްޓްރީގެ ވެބްސައިޓާއި، ފޭސްބުކް، އަދި ޓްވިޓަރގައި ލިބެން ހުންނާނެކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު