ފިނޭންސް މިނިސްޓަރ އަމީރް
ފިނޭންސް މިނިސްޓަރ އަމީރް
މިއަހަރުގެ ރަމަޟާން މަހުގެ ޢިނާޔަތުގެ ފައިސާ މިމަހު 20 ގެ ކުރިން މުވައްޒަފުންނަށް ދިނުމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން އަންގައިފިއެވެ.

ރަމަޟާން މަހުގެ ޢިނާޔަތު ފައިސާ އާއި ގުޅިގެން ފިނޭންސް މިނިސްޓްރީން ނެރެފައިވާ ދެންނެވުމުގައި ވަނީ ވަޒީފާއާބެހޭ ޤާނޫނުގައިވާ ގޮތުގެ މަތިން ވަޒީފާ އަދާކުރާ ކޮންމެ މުސްލިމް މުވައްޒަފަކަށް ރަމަޟާން މަހުގެ އިނާޔަތުގެ ގޮތުގައި ދޭނީ 3000 ރުފިޔާ ކަމަށެވެ.

އަދި އެއްވަޒީފާ އަށް ވުރެ ގިނަ ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ޢިނާޔަތުގެ ފައިސާ ދޭނީ ހަމައެކަނި އެމުވައްޒަފެއްގެ އަސާސީ ވަޒީފާ އޮންނަ އޮފީހަކުން ކަމަށާއި، އިނާޔަތު ފައިސާ ދީފައިވާ މުވައްޒަފަކު ރަމަޟާން މަހުގެ ތިންބައިކުޅަ އެއްބައި ފާއިތުނުވަނީސް ވަޒީފާއިން ވަކިވެއްޖެނަމަ، އިނާޔަތުފައިސާ ދޭން ޖެހޭނީ ވަޒީފާއިން ވަކިވާ ދުވަހާއި ހަމައަށް ކަމުގައި މިނިސްޓްރީން ބުނެފައި ވެއެވެ. އަދި ބާކީ ދުވަސްތަކަށް ޖެހޭ މިންވަރު އަނބުރާ ޖަމާކުރަންވާނެކަމަށްވެސް ދެންނެވުމުގައިވެއެވެ.

ރަމަޟާން މަސް ފެށޭއިރު އޮފީހަށް ޚިދުމަތް ނުލިބޭގޮތަށް، ޕޭ ލީވް އާއި، ނޯ ޕޭ ލީވް ގައި ތިބޭ މުވައްޒަފުންނަށް ރަމަޟާން މަހުގެ އިނާޔަތް ނުދިނުމަށް މިނިސްޓްރީން ވަނީ އަންގާފައެވެ.

އެހެންކަމުން ސަރުކާރު އޮފީސްތަކުން 17 އޭޕްރީލް ގެ ކުރިން މުވައްޒަފުންގެ ޢިނާޔަތު ފައިސާ ވައުޗަރުތައް ޕޯސްޓް ކުރުމަށާއި، 20 އޭޕްރީލްގެ ކުރިން ޢިނާޔަތު ފައިސާ ދީ ނިންމުމަށް ފިނޭންސްގެ ދެންނެވުމުގައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން