ރާއްޖޭގައި މިހާރު ފެތުރެމުންދާ ހިމަބިހި (މީސަލްސް) ކޮންޓްރޯލް ކުރުމަށްޓަކައި އިންޑިއާ ސަރުކާރުން ފޯރުކޮށްދޭ އެހީގެ ދަށުން، ވެކްސިންގެ ދެވަނަ ޝިޕްމަންޓާއި ބޭސްފަރުވާއަށް ބޭނުންވާ 3 ޓަނުގެ ސާމާނު މިއަދު ރާއްޖެ ގެނެސްފިއެވެ.
މި ތަކެތި ދިވެހި ސަރުކާރާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު އޮތީ މިދިޔަ ބުރާސްފަތި ދުވަހު މިނިސްޓްރީ އޮފް ހެލްތުގައެވެ. މި ރަސްމިއްޔާތުގައި އިންޑިއާ ސަރުކާރުގެ ފަރާތުން މި ތަކެތި ހަވާލުކޮށްދެއްވީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރު ޖީ. ބަލަސުބްރަމާނިއަމްއެވެ. ދިވެހި ސަރުކާރުގެ ފަރާތުން މި އެހީއާ ހަވާލުވެވަޑައިގަތީ ހެލްތު މިނިސްޓަރު ގީލާ އަލީއެވެ.
އިންޑިއާ ހައި ކޮމިޝަނުން 'އެކްސް' ގަައި ހާމަކޮށްފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، މި އެހީގެ ތެރޭގައި ހިމަބިހި ކޮންޓްރޯލް ކުރުމަށް ބޭނުންވާ ވެކްސިންގެ 20,000 ޑޯޒް ހިމެނެއެވެ. މީގެ އިތުރުން، މި ބަލި ޓެސްޓުކުރުމާއި، ބަލިޖެހޭ މީހުންނަށް ފަރުވާ ދިނުމާއި މެނޭޖްކުރުމަށް ބޭނުންވާ ތަފާތު ޞިއްޙީ ސާމާނުތައް ހިމެނޭހެން ޖުމްލަ 3 ޓަނުގެ ތަކެތި މި ޝިޕްމަންޓުގައި ހިމެނެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ގީލާ އަލީ ވަނީ، ރާއްޖެއަށް ދިމާވާ ކޮންމެ ދަތި ދަނޑިވަޅެއްގައިވެސް އިންޑިއާ ސަރުކާރުން ފޯރުކޮށްދޭ އަވަސް އަދި މުހިންމު އެހީތެރިކަން ފާހަގަކުރައްވައި، އެ ޤައުމުގެ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ. އިންޑިއާ އެމްބަސީން ބުނެފައިވަނީ ދެ ޤައުމުގެ ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި، ދިވެހި ސަރުކާރާއެކު މެދުކެނޑުމެއްނެތި މަސައްކަތްކުރުމުގައި ދެމިތިބޭނެ ކަމަށެވެ.

PAR
SUI
MAR
ކިޔުންތެރިންގެ ހިޔާލު