ޔޫރޯ މާކެޓިންއިން "ދިވެހި ސާފް ލީގު 2026"
ޔޫރޯ މާކެޓިންއިން "ދިވެހި ސާފް ލީގު 2026"
ރާއްޖޭގައި ކާބޯތަކެތީގެ ވިޔަފާރީގައި ކުރިއަރާފައިވާ ޔޫރޯ މާކެޓިންއިން، ރާޅާ އެޅުމުގެ ބޮޑު މުބާރާތް "ދިވެހި ސަރފް ލީގު 2026" ގެ ކޯ-ޕާޓްނަރެއްގެ ގޮތުގައި ބައިވެރިވެއްޖެކަން އިއުލާނުކޮށްފިއެވެ.

މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޖޫން 17 އިން 20 ގެ ނިޔަލަށް، ފުވައްމުލަކު އެލީސް ސަރފް ބްރޭކްގައެވެ.

ޔޫރޯ މާކެޓިން އިން ހާމަކޮށްފައިވާގޮތުން މި ޕާޓްނާޝިޕްގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ރާޅާ އެޅުމުގެ ކުޅިވަރަށް އެއްބާރުލުން ދިނުމާއި، މުބާރާތުގެ އެތުލީޓުންނާއި އޮފިޝަލުން އަދި ބެލުންތެރިންނަށް ޔޫރޯ މާކެޓިންގެ މަޝްހޫރު ބްރޭންޑުތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.

މި މުބާރާތުގެ ތެރޭގައި ޔޫރޯ މާކެޓިންއިން "ޔޫރޯ ސްޓޯ ކިއޮސްކް" ހިންގުމަށްވެސް ވަނީ ހަމަޖެހިފައެވެ. އެގޮތުން މުބާރާތް ކުރިއަށްދާ ހުރިހާ ދުވަހަކު ވެސް ހުޅުވިފައި ހުންނާނެ މި ކިއޮސްކުން، ސަމޮންޓާނާ ޖެލާޓޯ، ލަވަޒާ ކޮފީ، ޑަނޯ ކިރު، އަދި ޗިބޯ ކޮފީ ފަދަ އުފެއްދުންތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ހުރިހާ ފަރާތްތަކަކަށް ވެސް ލިބިގެންދާނެއެވެ.



ކިޔުންތެރިންގެ ހިޔާލު