ސަރުކާރުން މިހާރު މާލީ އެހީތެރިކަން ފޯރުކޮށްދޭ ޕެކޭޖަކީ ރިލީފް ޕެކޭޖެއް ކަމަށާއި، މިއީ ސްޓިމިއުލަސް ޕެކޭޖެއް ނޫންކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާޢީލް ވިދާޅުވެއްޖެއެވެ.
ކޯވިޑް-19 އާ ގުޅިގެން ސަރުކާރުން ތަޢާރަފް ކުރި ރިލީފް ފަންޑަކީ ކުރިއަށް އޮތް 3 މަސް ދުވަހަށް، ވިޔަފާރިތަކާއި ޢާއްމު ފަރުދުންގެ ރައްކާތެރިކަމަށް ފޯރުކޮށްދިން އެހީތެރިކަމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިއީ ރިލީފް ޕްކޭޖެއް ކަމަށާއި މި ޕެކޭޖްގެ އެންމެ ބޮޑު ޝަރުތަކީ ތިން މަސް ދުވަހަށް މުވައްޒަފުންގެ ވަޒީފާ ކަށަވަރުކުރުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މި ޕެކޭޖުގެ ތެރެއިން އެސްއެމްއީ ބޭންކަށް ލިބިފައިވަނީ 400 މިލިއަން ރުފިޔާކަން ހާމަކުރައްވަމުން މިނިސްޓަރ ވިދާޅުވީ އިގްތިސާދަށް ފައިސާ ހޯދުމަށް އިކޮނޮމިކް މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެ މަސައްކަތުގައި އެމްއެމްއޭގެ މަޝްވަރާ ވެސް ހޯދަމުން އަންނަ ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ..
ފުރަތަމަ ރިލީފް ފަންޑު އިއުލާން ކުރިއިރު ކޮންމެވެސް ވަރަކަށް ސްޓިމިއުލަސް ޕެކޭޖެއް ކަމަށް ވެސް ސިފަކުރެވުނު ކަމަށާއި، އެހެން ނަމަވެސް ސަރުކާރުން މަސައްކަތްކުރީ ވަގުތުން ވަގުތަށް ވިޔަފާރިތަކަށާއި، ރައްޔިތުންނަށް އެހީތެރިކަމެއް ދިނުމަށް ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.
ކޯވިޑް-19 އާ ގުޅިގެން ވިޔަފާރިތަކަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމުގައި އެހީތެރިވުމަށް ސަރުކާރުން އިއުލާންކޮށްފައިވާ ރިލީފް ޕެކޭޖުގެ ދަށުން ލޯނަށް އެދުމުގެ ފުރުސަތު މިދިޔަ ބުދަ ދުވަހުން ފެށިގެން ވަނީ ހުޅުވާލައިފައެވެ.

ކިޔުންތެރިންގެ ހިޔާލު