ހިތަދޫ މެޖިސްޓްރޭޓު ކޯޓު
ހިތަދޫ މެޖިސްޓްރޭޓު ކޯޓު
އައްޑޫ ސިޓީ، ހިތަދޫގައި މަސްތުވާތަކެތީގެ ވިޔަފާރިކުރުމާއި ބޭނުންކުރުމަށް ބޭނުންކުރަމުންދިޔަ "ލާމިޔާގެ" ކޯޓު އަމުރެއްގެ ދަށުން ބަންދުކޮށްފައި ވަނިކޮށް، އެ ގެއަށް ވަތް މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، އޭނާ 07 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ލާމިޔާގެއަކީ ވައްކަމާއި، ފޭރުން އަދި މަސްތުވާތަކެތި ބޭނުންކުރުން ފަދަ ކުށްތަކަށް އަރައިގަންނަ ފަރާތްތަކުން ބޭނުންކުރަމުންދާ ގެއެއް ކަމަށް ބުނެ އާއްމުން ކުރަމުންދިޔަ ޝަކުވާތަކާއި ގުޅިގެން، އެ ސަރަހައްދުގެ އަމާންކަން ގާއިމުކުރުމަށްޓަކައި ޖޫން މަހުގެ 8 ވަނަދުވަހު 90 ދުވަހުގެ މުއްދަތަކަށް ބަންދުކުރަން ކޯޓުން ވަނީ އަމުރުކޮށްފައެވެ. މިއީ ޑްރަގް ކެފޭއެއްގެ ގޮތުގައި އައްޑޫއިން ބަންދުކުރި ފުރަތަމަ ތަނެވެ.

ފުލުހުން ބުނީ، ކޯޓު އަމުރެއްގެ ދަށުން ބަންދުކޮށްފައިވާ ތަންތަނަށް ހުއްދައާ ނުލައި ވަދެނުކުމެ ހެދުމަކީ ގާނޫނީ ގޮތުން ކުށެއް ކަމަށެވެ. އަދި މިފަދަ ތަންތަނަށް ވަންނަ ފަރާތްތަކާއި، އެ ތަންތަނަށް އެކި ގޮތްގޮތުން ގެއްލުންދޭ ފަރާތްތަކާމެދު ގާނޫނީ ގޮތުން އެޅޭނެ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުވެސް ފުލުހުން ވަނީ ދީފައެވެ.



ކިޔުންތެރިންގެ ހިޔާލު