އިސްރާއީލަށް ހަތިޔާރު ހިފައިގެން ދަތުރުކުރާ އެމެރިކާގެ އުޅަނދުތަކުން ސްޕޭންގެ ދެކުނުގައި ހުންނަ މުހިންމު އަސްކަރީ މަރުކަޒުތައް ބޭނުންކުރުން އެ ގައުމުން މަނާކޮށްފިއެވެ. މިއީ ޣައްޒާގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ސްޕޭނާއި އިސްރާއީލާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން އިތުރުވަމުންދާކަން ހާމަކޮށްދޭ ނިންމުމެކެވެ.
ސްޕޭންގެ ނޫހެއް ކަމަށްވާ 'އެލް ޕާއިސް' އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އިސްރާއީލަށް އަސްކަރީ ސާމާނު އުފުލާ އެމެރިކާގެ އުޅަނދުތައް ކާޑިޒްގައި ހުންނަ 'ރޯޓާ' އަދި ސެވިލްގައި ހުންނަ 'މޮރޯން ޑި ލަ ފްރޮންޓޭރާ' މަރުކަޒުތަކުން ދަތުރުކުރުމުގެ ހުއްދަ ސްޕޭނުން ވަނީ ނުދީފައެވެ.
ސްޕޭންގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި އެ ދެ މަރުކަޒަކީ ސްޕޭނާއި އެމެރިކާއިން ގުޅިގެން ބޭނުންކުރާ ތަންތަން ކަމަށްވީ ނަމަވެސް، އެ ތަންތަނަކީ ސްޕޭންގެ އިސްތިގުލާލުގެ ދަށުގައިވާ ތަންތަނެވެ. އެހެންކަމުން ވަކި ހާއްސަ އަސްކަރީ އޮޕަރޭޝަންތަކެއް ހިންގުމަށް މެޑްރިޑުގެ ހުއްދަ ހޯދަންޖެހޭނެ ކަމަށް އެ ގައުމުން ބުނެއެވެ.
"ރޯޓާ އަދި މޮރޯން އަކީ ބޭނުންހާ ގޮތަކަށް ވަދެ ނުކުމެވޭނެ ފަހަތު ދޮރާއްޓެއް ނޫން،" މިކަމާ ގުޅޭ މަޢުލޫމާތު އެނގޭ މަސްދަރަކުން ނޫހަށް މައުލޫމާތު ދެމުން ބުނެފައިވެއެވެ. އަދި އެ މަރުކަޒުތަކުގައި ހިންގާ ހުރިހާ ހަރަކާތްތަކަކަށް ސްޕޭންގެ ކަމާބެހޭ ފަރާތްތަކުގެ ހުއްދަ ބޭނުންވާނެކަން ވަނީ ފާހަގަކޮށްފައެވެ.
މި ނިންމުމަކީ އިސްރާއީލުގެ އަސްކަރީ ކެމްޕޭނާ މެދު ސްޕޭނުން ގެންގުޅޭ ހަރުކަށި ސިޔާސަތުގެ ދަށުން ނިންމި ނިންމުމެކެވެ. ސްޕޭން ސަރުކާރުން ވަނީ ޣައްޒާގައި އިސްރާއީލުން ހިންގާ ޢަމަލުތައް ތަކުރާރުކޮށް ކުށްވެރިކޮށް، 2023 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން އިސްރާއީލަށް ހަތިޔާރު އެކްސްޕޯޓްކުރުން ހުއްޓާލާފައެވެ. އަދި 2024 ވަނަ އަހަރުގެ މެއި މަހު ސްޕޭނުން ވަނީ ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ރަސްމީކޮށް ބަލައިގަނެފައެވެ.
ސްޕޭނާއި އެމެރިކާއާ ދެމެދު ވެފައިވާ އަސްކަރީ އެއްބަސްވުމުގެ ދަށުން، މި މަރުކަޒުތައް މެދުވެރިކޮށް ތިންވަނަ ގައުމަކަށް ހަތިޔާރު ނުވަތަ ގޮވާތަކެތި ފޮނުވުމުގެ ކުރިން ސްޕޭންގެ ހުއްދަ ހޯދަންޖެހެއެވެ. 2011 ވަނަ އަހަރު މި އެއްބަސްވުމަށް ގެނައި އިސްލާހުތަކުގެ ދަށުން، ދަތުރުކުރާ މަގުތަކާއި، އުފުލާ ތަކެއްޗާއި، އަދި މިޝަންގެ މަގުސަދުތަކުގެ ތަފްސީލު ހޯދުމުގެ ބާރު ސްޕޭނަށް ލިބިގެންވެއެވެ.
އަދި ސިޔާސީ ގޮތުން ހައްސާސީ ނުވަތަ ދެބަސްވުން އުފެދޭ ފަދަ ތަކެތި އުފުލާނަމަ، އެކަމަށް ވަކިވަކިން ހުއްދަ ހޯދަންޖެހޭނެ ކަމަށްވެސް އެއްބަސްވުމުގައި ބަޔާންކޮށްފައިވެއެވެ.
މި މަރުކަޒުތަކަކީ ޔޫރަޕް، މެދުއިރުމަތި އަދި އެފްރިކާގައި ހިންގާ އެމެރިކާގެ އަސްކަރީ ހަރަކާތްތަކަށް ވަރަށް މުހިންމު ލޮޖިސްޓިކް މަރުކަޒުތަކެކެވެ. ނަމަވެސް، ސްޕޭންގެ ހުރަސްތަކާ ހުރެ އެމެރިކާއިން މިހާރު ވަނީ ބައެއް އަސްކަރީ ދަތުރުތަކުގެ މަގު ބަދަލުކޮށްފައެވެ. އެގޮތުން މިދިޔަ މާރިޗު މަހު އިސްރާއީލަށް ދަތުރުކުރި އެމެރިކާގެ އެފް-35 މަރުކާގެ ހަ ފައިޓަރު ޖެޓެއް ސްޕޭންގެ ބަދަލުގައި އެޒޯރެސް މަގުން ދަތުރުކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މިކަމާ ގުޅިގެން ވޮޝިންގޓަނުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެމެރިކާގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި އިސްރާއީލަށް ފޮނުވާ ހަތިޔާރު އުފުލުމަށް ސްޕޭންގެ ވައިގެ ސަރަހައްދާއި ބަނދަރުތައް ބޭނުންކުރުން ހަނިކުރުމަކީ، ސަރަހައްދީ ސަލާމަތީ ގުޅުންތަކަށް އަސަރުކޮށްފާނެ ކަމެކެވެ.
މި ކުރިއެރުންތަކުން ހާމަވަނީ ސްޕޭނާއި އިސްރާއީލާ ދެމެދު އޮތް ޚާރިޖީ ގުޅުން އިތުރަށް ގޯސްވަމުންދާ މިންވަރެވެ. އަދި މިއީ ނޭޓޯގެ މެންބަރު ގައުމެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ޒިންމާތަކާއި، ފަލަސްތީނުގެ ދައުލަތަކަށް އެ ގައުމުން ކުރާ ތާއީދާ ދެމެދު ސްޕޭން އޮތް ނާޒުކު ފައްތަރެއްގެ ގޮތުގައި މަސްރަހު ދިރާސާކުރާ ފަރާތްތަކުން ސިފަކުރެއެވެ.

NZL
SEN
NOR
ކިޔުންތެރިންގެ ހިޔާލު