ފަލަސްތީނުގެ ޣައްޒާގައި ހަ އަހަރުގެ ތުއްތު ކުއްޖެއް ކަމަށްވާ ހިންދު ރަޖަބް މަރާލި ކަމަށް ތުހުމަތު ކުރެވޭ އިޒްރޭލުގެ އަސްކަރީ ބެޓޭލިއަންގެ އާ ކޮމާންޑަރަކު ދެކުނު ލުބުނާނުގައި މަރުވެއްޖެއެވެ.
އިޒްރޭލު ސިފައިން ހާމަކޮށްފައިވާ ގޮތުގައި، 401 ވަނަ އާރމަރޑް ބްރިގޭޑުގެ 52 ވަނަ ބެޓޭލިއަންގެ ކޮމާންޑަރު، ލެފްޓިނެންޓް ކާނަލް ޑޯރް ގެޑާލިއާ ބެން ސިމްހޮން، އޭނާގެ އިތުރު ތިން ސިފައިންނާއެކު މަރުވީ އެމީހުން ދަތުރުކުރި ޓޭންކަށް ދިން ހަމަލާއެއްގައެވެ.
މި ބެޓޭލިއަނަކީ 2024 ވަނަ އަހަރުގެ ޖެނުއަރީ މަހު ޣައްޒާގައި ހިންދު ރަޖަބް ދަތުރުކުރި އުޅަނދަށް ހަމަލާދީ އޭނާ މަރާލި މައްސަލައާ ގުޅިގެން ބައިނަލްއަގްވާމީ ފެންވަރުގައި ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވެފައިވާ ޔުނިޓެކެވެ.
އެ ހަމަލާގައި ހިންދު ރަޖަބްގެ އިތުރުން އޭނާ ސަލާމަތް ކުރަން ދިޔަ އެމްބިއުލާންސްގެ ޕެރަމެޑިކުން ވެސް ވަނީ މަރާލާފައެވެ.
ބެލްޖިއަމްގައި ގާއިމުކޮށްފައިވާ ހިންދު ރަޖަބް ފައުންޑޭޝަނުން ވަނީ މި މައްސަލައިގައި 52 ވަނަ ބެޓޭލިއަންގެ ކުރީގެ ކޮމާންޑަރު ޑެނިއަލް އެލާ އާއި 401 ވަނަ ބްރިގޭޑުގެ ކޮމާންޑަރު ބެނީ އަހަރޮންގެ މައްޗަށް ހަނގުރާމައިގެ ޖަރީމާތައް ހިންގި ކަމުގެ ތުހުމަތުގައި ބައިނަލްއަގްވާމީ ޖިނާއީ ކޯޓަށް މައްސަލަ ހުށަހަޅާފައެވެ. އަލްޖަޒީރާއިން ކުރި ތަހުގީގަކުން ވެސް މި ދެ އޮފިސަރުންނަކީ ހިންދު ރަޖަބް މަރާލުމުގައި ޝާމިލުވި ބައެއްކަން ފާހަގަކޮށްފައިވެއެވެ.
އިޒްރޭލުގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި، ޣައްޒާ އާއި ލުބުނާނުގެ ހަނގުރާމަ ފެށުނު ފަހުން 52 ވަނަ ބެޓޭލިއަންގެ ހަތަރު ކޮމާންޑަރަކު ވަނީ މަރުވެފައި ނުވަތަ ޒަހަމްވެފައެވެ.
އޭގެ ތެރޭގައި އެލާ ވެސް ހިމެނޭއިރު، އޭނާ ޒަހަމްވުމުން ފަހުން އެ މަގާމާ ހަވާލުވި އެހެން ކޮމާންޑަރުންނަށް ވެސް ވަނީ އެކި ވަރުގެ އަނިޔާތައް ލިބިފައެވެ.

PAR
ކިޔުންތެރިންގެ ހިޔާލު