މިދިޔަ ސަރުކާރުން ފަށައި، ބޮޑު އިންސައްތައެއްގެ މަސައްކަތް ނިންމާފައިވާ ހއ. ދިއްދޫ ޖޫނިއަރ ކޮލެޖްގެ މަސައްކަތްތައް، މިސަރުކާރު އައިފަހުން ކުރިއަށް ނުދާ މައްސަލައިގައި އެ ދާއިރާގެ ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު އަބްދުﷲ ވަހީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ރާއްޖެޓީވީގެ 'ވައުދުނާމާ' ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ވަހީދު ވިދާޅުވީ، ވެރިކަން ބަދަލުވުމާއެކު އެ މަޝްރޫއުގެ މަސައްކަތްތައް ހުއްޓިފައިވާ ކަމަށާއި، ސަރުކާރަށް ދެ އަހަރު ފާއިތުވެ ތިން އަހަރާ ގާތްވެފައިވާއިރު، އެ ކޮލެޖް ހުޅުވައި ކިޔައިދޭން ނުފެށުމަކީ ވަރަށް ދެރަވަރުގެ ކަމެއް ކަމަށެވެ.
ކުރީގެ ސަރުކާރުން މި މަޝްރޫއު ފެށީ 2023 ވަނަ އަހަރު ނިމުމުގެ ކުރިން އެތަނުގައި ކިޔަވައިދޭން ފެށުމުގެ އަމާޒާ އެކުގައެވެ. ނަމަވެސް މިހާރުގެ ސަރުކާރުގައި ދިއްދޫގެ އެއްވެސް މަޝްރޫއެއް އެދެވޭ ސްޕީޑެއްގައި ކުރިއަށް ނުދާ ކަމަށް ވަހީދު ތުހުމަތުކުރެއްވިއެވެ.
އެ މަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، މަތީ ތައުލީމީ ޖީލެއް ބިނާކުރުމަށްޓަކައި އެއީ ވަރަށް މުހިންމު ވައުދަކަށް ވީއިރު، މަސައްކަތްތައް ނިންމުމާ ހަމައަށް އައިސްފައި އޮއްވާ އެ މަސައްކަތްތައް ނުނިންމައި ލަސްވެގެން ދިއުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ.
މަތީ ތައުލީމާ ބެހޭ ވުޒާރާއިން މީގެ ކުރިން ހާމަކޮށްފައިވާ ގޮތުގައި، ދިއްދޫ ޖޫނިއަރ ކޮލެޖަކީ ފުޑް ޕްރޮސެސިންގ ދާއިރާގެ ކޯސްތަކުގެ އިތުރުން ވޮކޭޝަނަލް އެކި ދާއިރާތަކުން ތަމްރީނު ދިނުމަށް ހާއްސަކޮށްފައިވާ ތަނެކެވެ.
މި ކޮލެޖްގައި ކިޔަވައިދޭން ބޭނުންވާ ޒަމާނީ ވަސީލަތްތައް ހުންނާނެކަމަށް އޭރު ބުނެފައިވާއިރު، އޭގެ ތެރޭގައި ސްޕެޝަލައިޒޭޝަން ޕްރޮގްރާމްތަކަށް ހާއްސަ ލެބޯޓަރީތަކާއި، ވޯކްޝޮޕްތަކާއި، އައިސީޓީ ލެބާއި، އޮޑިޓޯރިއަމް އަދި ލައިބްރަރީ ފަދަ ވަސީލަތްތައް ހިމެނެއެވެ.

EGY
AUT
IRQ
ކިޔުންތެރިންގެ ހިޔާލު