ރާއްޖޭގައި ރަންޓީން ފެސިލިޓީއެއްގެ ގޮތުގައި ބޭނުން ކުރާ ރިސޯޓެއް
ރާއްޖޭގައި ރަންޓީން ފެސިލިޓީއެއްގެ ގޮތުގައި ބޭނުން ކުރާ ރިސޯޓެއް
ފިލިޕީންސުން އައި ދިވެއްސަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

އެޗްޕީއޭއިން ބުނި ގޮތުގައި މިފަހަރު ޕޮޒިޓިވްވި ދިވެހި މީހާ އަކީ، އެރިޔަދޫ ކަރަންޓައިން ފެސިލިޓީ ގައި ކަރަންޓީނު ކޮށްފައި ހުރި ދިވެއްސެއް ކަމަށެވެ. އަދި އޭނާ އަކީ ފިލިޕީންސް އިން އެނބުރި އައި މީހެއް ކަމަށް ވެސް އެޗްޕީއޭއިން ބުންޏެވެ.

މިއީ ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި 5 ވަނަ ދިވެހި މީހާ އެވެ. މީގެ ކުރިން އެ ބައްޔަށް ޕޮޒިޓިވްވެފައި ވަނީ، އިނގިރޭސި ވިލާތުން ރާއްޖެ އައުމުން ކަރަންޓީނުކޮށްފައި ތިބި ހަތަރު ދިވެއްސެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން