ރާއްޖޭގެ އިޤްތިޞާދުގެ ހަގީގީ ބާރަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިޤްތިޞާދީ ދިރުން އުފައްދައި، އައު ފުރުޞަތުތައް ފަހިކޮށްދޭ އެތައް ހާސް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ބައިނަލްއަޤްވާމީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ދުވަހާ ގުޅިގެން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދު އިތުރަށް ހަރުދަނާކޮށް، ގޮންޖެހުންތަކަށް ކެތްތެރިވާ ފަދަ އިޤްތިޞާދެއް ބިނާކުރުމަށް އެ ވިޔަފާރިތަކުން ކުރަމުންދާ މަސައްކަތްތަކަކީ ނުހަނު އަގުހުރި މަސައްކަތްތަކެއް ކަމަށެވެ. އަދި އެ މަސައްކަތްތަކުގެ އަގު ވަޒަންކުރައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ސަރުކާރުގެ "މޯލްޑިވްސް 2.0" ތަޞައްވުރުގެ ދަށުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފުޅާ ފުރުޞަތުތަކެއް ހުޅުވައިދެމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން މާލީ އެހީތެރިކަމާއި، ޑިޖިޓަލް ވަސީލަތްތަކާއި، އުމްރާނީ ތަރައްޤީގެ އިތުރުން ބައިނަލްއަޤްވާމީ ބާޒާރުތަކަށް ރާއްޖޭގެ އުފެއްދުންތައް ނެރުމަށް މަގުފަހިކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.
މިކަމާ ގުޅޭގޮތުން އިތުރަށް ތަފްސީލު ދެއްވަމުން ރައީސް ވިދާޅުވީ، ސަގާފީ ތަރިކައާ ގުޅުންހުރި މަސައްކަތްތެރިންނަށް އެހީތެރިކަން ފޯރުކޮށްދޭ މަރުކަޒުތަކާއި، އައު އީޖާދުތަކަށް ޚާއްޞަ "ކްރިއޭޓަރ ހަބް" އެކުލަވައިލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. މީގެ އިތުރުން، ކުދި ވިޔަފާރިތަކަށް ޚާއްޞަ ޑިޖިޓަލް ފައިނޭންސިންގ ތަޢާރަފުކުރުމާއި، އަލީބާބާ އަދި ޕޭޕަލް ފަދަ ބައިނަލްއަޤްވާމީ މަންސަތައް މެދުވެރިކޮށް ދުނިޔޭގެ ބާޒާރަށް ވަނުމުގެ ފުރުޞަތު ހޯދައިދިނުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ ސާފު އަދި ވަރުގަދަ އަމާޒެކެވެ. އެއީ ހުރިހާ ފުރުޞަތުތަކަކީވެސް އެންމެހައި ފަރާތްތަކަށް ހަމަހަމަކަމާއެކު ލިބިދެވޭނެ ފުރުޞަތުތަކަކަށް ހެދުމެވެ،" ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ކުރިއަށް އޮތް 2026 އަދި 2027 ވަނަ އަހަރަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ޚާއްޞަ ކުރެވިފައިވާ ދެ އަހަރެވެ. އަދި ކޮންމެ ވިޔަފާރިވެރިއަކަށްވެސް ކުރިއަރައިދިއުމަށް ބޭނުންވާ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ލިބޭނެ އިޤްތިޞާދެއް ބިނާކުރުމުގެ މަސައްކަތުގައި ސަރުކާރު ސާބިތުކަމާއެކު ދެމިއޮންނާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

BEL
ENG
GHA
ކިޔުންތެރިންގެ ހިޔާލު