ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން މާލޭގައި ބިދޭސީން ދިރިއުޅޭ ތޮއްޖެހިފައިވާ ތަންތަނުން އެނޫން ތަންތަނަށް އެމީހުން ބަދަލު ކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.
ސަރުކާރުގެ ކަމާބެހޭ އިދާރާތައް ގުޅިގެން ފަށާފައިވާ މި މަސައްކަތުގައި، މާލޭގައި ސާފުތާހިރުކަންކުޑަ މާހައުލުތަކުގައި ދިރިއުޅޭ ބިދޭސީން، ދިރިއުޅެން އެކަށީގެންވާ މާޙައުލުތަކަށް ބަދަލު ކުރާނެއެވެ.
ކޯވިޑް-19 ގެ އެންމެ ފަހުގެ މަޢުލޫމާތު ހާމަ ކުރުމަށް ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އިޤްތިޞާދީ ވަޒީރު ވަނީ ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބަންގްލަދޭޝްގެ މީހުންގެ ތެރެއިން އެނބުރި ގައުމަށް ދާން ބޭނުންވެގެން 837 އަށް ވުރެ ގިނަ މީހުން ރަޖިސްޓްރީކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ.
އެހެން ނަމަވެސް އަމިއްލަ އަށް ދާން ބޭނުންވާ މީހުން ރަޖިސްޓާވާން ފުރުސަތު ހުޅުވާލިތާ ދެ ދުވަސް ފަހުން ރާއްޖެ އިން އެއްވެސް މީހަކަށް ބަންގްލަދޭޝަށް އެތެރެ ނުވެވޭނެކަން އެގައުމުން އަންގާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މީގެ ކުރިން ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ވަނީ ކޯވިޑް-19 ރާއްޖޭގައި ފެތުރިއްޖެ ހާލަތެއްގައިވެސް ބަލީގެ ނުރައްކާ އެންމެ ބޮޑު އެއް ބަޔަކީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންކަން ފާހަގަކުރައްވައި، ގަވާއިދާ ހިލާފަށް އުޅޭ ބަންގްލަދޭޝް ރައްޔިތުން އަނބުރާ އެގައުމަށް ގެންދިޔުމުގައި ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރުގެ ކިބައިން އެހީތެރިކަމަށް އެދި ވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު