ދިވެހިރާއްޖޭގައި މުދާ އެތެރެކޮށް މާކެޓްކުރުމުގެ ދާއިރާގައި އެންމެ ކުރިއަރާފައިވާ އެއް ކުންފުނި ކަމަށްވާ ޔޫރޯ މާކެޓިންގް ޕްރައިވެޓް ލިމިޓެޑުން، މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026 ގެ އޮފިޝަލް ބެވަރޭޖް ޕާޓްނަރެއްގެ ގޮތުގައި ބައިވެރިވެއްޖެއެވެ. މިއީ ގައުމީ ފެންވަރުގައި ބާއްވާ މި ބޮޑު މާލީ މައުރަޒުގައި އެ ކުންފުނިން މިފަދަ ބައިވެރިވާ ފުރަތަމަ ފަހަރެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) އިން އިންތިޒާމުކުރާ މި އެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހު 2 އިން 4 އަށެވެ.
ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ހަރަކާތް ކުރިއަށްދާނީ "ދެމެހެއްޓެނިވި މުސްތަގުބަލެއް ބިނާކުރުން: ބައިވެރިވުން، އައު އީޖާދުތައް އަދި ވިސްނުންތެރިކަން" މި ޝިއާރުގެ ދަށުންނެވެ. މި އެކްސްޕޯއަކީ މާލީ ދާއިރާގެ މުހިންމު ފަރާތްތަކާއި އާންމުން އެއްތަނަކުން ބައްދަލުވެ، ދާއިރާގެ އާ އީޖާދުތަކާ ގުޅޭގޮތުން މައުލޫމާތު ބަދަލުކުރުމަށް ލިބޭ ރަނގަޅު ފުރުސަތެކެވެ.
މި އެކްސްޕޯގެ އޮފިޝަލް ބެވަރޭޖް ޕާޓްނަރުގެ ހައިސިއްޔަތުން، ޔޫރޯ މާކެޓިންގް އިން މައުރަޒުގެ ތިން ދުވަހުގެ މުއްދަތުގައި ޒިޔާރަތްކުރާ ފަރާތްތަކަށް ހާއްސަ ބުއިންތަކެއް ފޯރުކޮށްދޭނެއެވެ. މީގެ ތެރޭގައި އެ ކުންފުނިން ތައްޔާރުކުރާ މަޝްހޫރު 'ލަވާޒާ' ކޮފީގެ އިތުރުން، އެ ބްރޭންޑުގެ ކޯލްޑް ބްރޫ ކޮފީތައް ހިމެނިގެންދާނެއެވެ. ޔޫރޯއިން ހާމަކުރާގޮތުގައި މި މައުރަޒުން 'ލަވާޒާ' ކޮފީތައް ހެޔޮ އަގުގައި ތަޖުރިބާ ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމުގައެވެ. އަދި މީގެ އިތުރުން މައުރަޒަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހިތްފަސޭހަ މާހައުލެއްގައި ދާއިރާގެ މާހިރުންނާ ބައްދަލުކޮށް މައުލޫމާތު ބަދަލުކުރުމުގެ މަގު ފަހިވެގެންދާނެއެވެ.
ޔޫރޯ މާކެޓިންގް އިން ބުނިގޮތުގައި، މި ޕާޓްނަޝިޕަކީ ގައުމީ ފެންވަރުގެ ހަރަކާތްތަކަށް އެއްބާރުލުން ދިނުމަށާއި، ބައިނަލްއަގުވާމީ ގޮތުން ބަލައިގަނެވިފައިވާ ފެންވަރު ރަނގަޅު ބްރޭންޑްތަކުގެ އެހީގައި ޒިޔާރާތްކުރާ އެންމެހައި ފަރާތްތަކަށް ފުރިހަމަ މެހެމާންދާރީއެއް ފޯރުކޮށްދިނުމަށް އެ ކުންފުނިން ދޭ އަހައްމިއްޔަތު ހާމަކޮށްދޭ ކަމެކެވެ.
އެގޮތުން، އެކްސްޕޯ ކުރިއަށްދާ މުއްދަތުގައި ކޮންމެ ދުވަހަކު މެންދުރުފަހު 3:00 އިން ރޭގަނޑު 10:00 އަށް ޔޫރޯ މާކެޓިންގްގެ ސްޓޯލުން ލަވާޒާ ކޮފީގެ އެކި ރަހަތައް ތަޖުރިބާކޮށް، އެ ބްރޭންޑުގެ ތާރީހާއި ފެންވަރާ ގުޅޭ މައުލޫމާތު އޮޅުންފިލުވުމުގެ ފުރުސަތު އާންމުންނަށް އޮންނާނެއެވެ.

ARG
ކިޔުންތެރިންގެ ހިޔާލު