ރާއްޖޭގެ ރިީީީީީިސޯޓެއްގައި މަސައްކަތް ކުރާ މުވައްޒަފުން ތަކެއް
ރާއްޖޭގެ ރިީީީީީިސޯޓެއްގައި މަސައްކަތް ކުރާ މުވައްޒަފުން ތަކެއް
ވަޒީފާއިން ވަކިކުރާ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި ދޭނެ ޢަދަދު އަދި ކަނޑައެޅިފައި ނުވާކަމަށާއި، އެހެން ނަމަވެސް މިމަހު އެ އެލަވަންސް ދޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، ވަޒީފާއިން ވަކިކުރާ މީހުންނާއި މުސާރަ ދަށްކުރާ މީހުންނަށް ސަރުކާރުން ދޭން ކަނޑައަޅާފައި ވީނަމަވެސް އެލަވަންސް ގެ ގޮތުގައި ދޭނެ އަދަދެއް އަދި ކަނޑައެޅިފައި ނުވާ ކަމަށެވެ. އެލަވަންސްދޭނެ މިންވަރެއް ކަނޑައެޅުމަށް ފިނޭންސް މިނިސްޓްރީއާއެކު މިހާރު މަޝްވަރާ ކުރަމުންދާ ކަމުގައި މިނިސްޓަރ ފައްޔާޒު ވިދާޅުވިއެވެ. ނަމަވެސް މިމަހުވެސް އެ އެލަވަންސް ލިބޭ ކަމުގެ ޔަގީންކަން މިނިސްޓަރ ދެއްވިއެެވެ.

އެގޮތުން އެލަވަންސް ގެ ގޮތުގައި ދޭނެ މިންވަރެއް ކަނޑައެޅުމުގައި، އެންމެ ދަށް މުސާރައިގެ ގޮތުގައި ދިނުމަށް ބަހުސް ކުރެވެމުންދާ އަދަދަކީ ވެސް މިކަމުގައި ބެލެވިދާނެ މިންގަނޑެއްގެ ގޮތުގައި ވާހަކަ ދެކެވިފައިވާ ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.

"އެކަމަކު މިދަންނަވަނީ އެވަރު ދޭން ނިންމި ވާހަކައެއް ނޫން." މިނިސްޓަރ ފައްޔަޒު ވިދާޅުވިއެވެ.

މީގެ ކުރިން ފިނޭންސް މިނިސްޓަރު ވިދާޅުވެފައިވަނީ، އެ އެލަވެންސް ލިބޭނީ ސަރުކާރުން ތަޢާރަފް ކޮށްފައިވާ ޖޮބް ސެންޓަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަނި ކަމަށެވެ.

ރޭގެ ބައްދަލުވުމުގައި މިނިސްޓަރ ފައްޔާޒު ވިދާޅުވީ، ވަޒީފާއިން ވަކިކޮށްފައިވާ މީހުންނަށް އެލަވެންސެއް ދޭއިރު އެލަވަންސް ދޭ ތިން މަސް ދުވަހުގެ މުއްދަތުގެ ތެރޭގައި ވަޒީފާއެއް ހޯދުމަށް މަސައްކަތް ކުރުމަށް ބާރުއަޅާނެ ކަމަށާއި، ނަމަވެސް އެކަން މަޖުބޫރުކުރުވަން ބޭނުންނުވާ ކަމަށެވެ. ނަމަވެސް ބައެއް ކަހަލަ ތަމްރީން ޕްރޮގްރާމްތަކުގައި ބައިވެރިވުމަށް އެދިވަޑައިގަންނަވާނެ ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.

ޖޮބް ސެންޓަރުގައި ރަޖިސްޓްރީވާން ހުޅުވާލުމުން އެކަމަށް ލިބޭ ތަރުޙީބު ގޯސް ނޫން ކަމަށް މިނިސްޓަރ ރޭ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން