ކެންސަރަށް ފަރުވާ ކުރުމަށް ބޭނުންކުރާ "ޑާޒަލެކްސް" ނަމަކަށް ކިޔާ ބޭހެއްގެ ފޭކް ބެޗުތަކެއް ރާއްޖެއަށް އެތެރެކޮށްފައިވަނީ ހުއްދަ ނެތް ޑިސްޓްރިބިއުޓަރުން މެދުވެރިކޮށް ކަމަށާއި، ނަމަވެސް އެ ބޭސް ރާއްޖޭގެ އެއްވެސް ފާމަސީއަކުން ލިބެން ނުހުންނާނެ ކަމުގެ ޔަގީންކަން ހެލްތު މިނިސްޓްރީން ދީފިއެވެ.
މި މައްސަލައާ ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވަނީ ރާއްޖެއާއި މެކްސިކޯއަށް އަމާޒުކޮށް މެޑިކަލް އެލާޓެއް ނެރެފައެވެ. މި އެލާޓް ނެރެފައިވަނީ ލޭގެ ކެންސަރުގެ ބާވަތެއް ކަމަށްވާ 'މަލްޓިޕަލް މައިލޯމާ' އަށް ފަރުވާދޭ 'ޑާޒަލެކްސް' އިންޖެކްޝަންގެ ދެ ބެޗެއް ފޭކްކަން ކަށަވަރުވުމާ ގުޅިގެންނެވެ.
ހެލްތު މިނިސްޓްރީން ބުނީ، މި ފޭކް އިންޖެކްޝަންތަކަކީ ރާއްޖޭން ބޭރުން ބޭސް އެތެރެކުރާ ފަރާތްތަކުން، ހުއްދަ ނެތް ޑިސްޓްރިބިއުޓަރުން މެދުވެރިކޮށް ގެނެސްފައިވާ ބޭސްތަކެއް ކަމަށެވެ.
"މި ފޭކް އިންޖެކްޝަންތަކަކީ ރާއްޖޭން ބޭރުން އެތެރެކުރި ބޭސްތަކަކުން ފެނުނު އެއްޗެއް. އެއީ ރާއްޖޭގެ ފާމަސީއެއްގައި ހުރި އެއްޗެއްނޫން. އެއްވެސް ފާމަސީއެއްގައި އެ ނުހުންނާނެ." މިނިސްޓްރީން ބުނެފައިވެއެވެ.
މި މައްސަލަ އެންމެ ފުރަތަމަ ފާހަގަކޮށް ޑަބްލިއުއެޗްއޯއަށް ރިޕޯޓުކުރީ ރާއްޖޭގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިންނެވެ. އެ އިދާރާއިން މި މައްސަލަ ރިޕޯޓުކޮށްފައިވަނީ މިދިޔަ މެއި މަހާއި ޖޫން މަހުގެ ތެރޭގައެވެ. ރާއްޖެ ކަހަލަ ކުޑަ ގައުމަކުން އަމިއްލައަށް މިފަދަ ނުރައްކާތެރި މައްސަލައެއް ދެނެގަނެ ބައިނަލްއަގުވާމީ ފެންވަރުގައި ރިޕޯޓުކުރުމަކީ، ރާއްޖޭގެ ބޭސް ޓެސްޓުކުރުމާއި މޮނިޓަރިންގެ ނިޒާމު ހަރުދަނާކަން ހާމަވާ ކަމެއް ކަމަށް މިނިސްޓްރީން ފާހަގަކުރެއެވެ.
ރާއްޖެއިން ފެނުނު މި ބޭހުގެ ފުޅިތަކުގެ ތެރޭގައި ލޮލަށް ފެންނަ ކުނޑި ނުވަތަ ތަޣައްޔަރުވެފައިވާ މާއްދާތަކެއް ހުރިކަން އެމްއެފްޑީއޭގެ ތަހުލީލުތަކުން ވަނީ ދައްކާފައެވެ. ކެންސަރު ބަލި މީހުންނަށް ދޭ ފަރުވާގައި ބޭނުންކުރާ ފޭކް އިންޖެކްޝަނެއް ރާއްޖެއަށް އެތެރެ ވެފައިވާއިރު، ރާއްޖޭގެ ބޯޑަރު ކޮންޓްރޯލާއި މޮނިޓަރިން އިތުރަށް ވަރުގަދަކުރާނެ ކަމަށް ކަމާބެހޭ އިދާރާތަކުން ދަނީ ބުނަމުންނެވެ.

ENG
ESP
BEL
ކިޔުންތެރިންގެ ހިޔާލު