ކޯވީޑް-19 ގެ ގަދަ ކޮޅިގަނޑުގެ އަސަރު އެންމެ ބޮޑަށް ކުރާނެ ޤައުމަކީ ދިވެހި ރާއްޖެ ކަމަށާއި މި ކޮޅިގަނޑުގައި ރާއްޖޭގެ އިޤްތިޞާދު ބޮޑު ވަޅުގަނޑަކަށް ވެއްޓިގެން ދާނެ ކަމަށް ވޯލްޑް ބޭންކުން ބުނެފިއެވެ.
ކޮރޯނާވައިރަސްގެ ރޯގާ ބަލިމަޑުކަމަކީ ދެކުނު އޭޝިއާ ބައްރަށް ކުރިމަތިވާ ވަރުގަދަ ތޫފާނެއްގެ ގޮތުގައި ސިފަކޮށް ވޯލްޑްބޭންކުން ބުނެފައިވަނީ ވޭތުވެދިތަ 40 އަހަރުގެ ތެރޭގައި ނުވެއްޓޭވަރުގެ ފުން ވަޅުގަނޑަކަށް އޭޝިއާގެ ޤައުމުތަކުގެ އިޤްތިޞާދު ވެއްޓޭނެ ކަމަށެވެ.
"މި އިޤްތިޞާދީ ވެއްޓުމުގެ އެންމެ ބޮޑު އަސަރެއް ކުރާނީ ދިވެހިރާއްޖެއަށް. ރާއްޖޭގެ އިޤްތިޞާދު ބިނާވެފައި އޮތީ ފަތުރުވެރިކަމުގެ ސިނާޢަތުގެ މައްޗަށް ކަމަށް ވާތީ ރާއްޖޭގެ އުފެއްދުންތެރިކަން 13 އިންސައްތައާއި ހަމައަށް ވެއްޓޭނެ ކަމަށް ބެލެވޭ." ވޯލްޑް ބޭންކުން ބުނެފައިވެއެވެ.
މީގެކުރިންވެސް ދުނިޔޭގެ ބައެއް މާލީ އިދާރާތަކުން ބުނެފައިވަނީ ކޯވިޑް-19 ގެ ރޯގާ ބަލިމަޑުކަމުގައި އިޤްތިޞާދީ ގޮތުން އެންމެ ބޮޑަށް ގެއްލުންވާ ޤައުމު ތަކުގެ ތެރޭގައި ރާއްޖެ ހިމެނޭނެ ކަމަށެވެ.
ރާއްޖޭގެ އިތުރުން މި ސަރަހައްދުގެ ގިނަ ޤައުމު ތަކުގެ އިޤްތިޞާދުވެސް އަޑިއަޅާލާނެ ކަމަށް ވޯލްޑް ބޭންކުން ބުނެފައިވެއެވެ. އެގޮތުން އަފްޣާނިސްތާނުގެ ޤައުމީ އުފެއްދުންތެރި ކަމުގެ ނިސްބަތް 5.9 އިންސައްތައަށް ވެއްޓިގެން ދާއިރު ޕާކިސްތާނުގެ އުފެއްދުން ތެރިކަމުގެ ނިސްބަތް 2.2 އިންސައްތަ އަށް ވެއްޓޭނެ ކަމަށްވެސް ދުނިޔޭގެ ބޭންކުން ބުނެފައި ވެއެވެ.
ވޯލްޑް ބޭންކުގެ ރިޕޯޓްގައި މި ރޯގާބަލިމަޑުކަމުގެ ސަބަބުން ކުރިމަތިވާ ދަތި ކަމުގެ ސަބަބުން އިޖުތިމާޢީ ހަމަހަމަ ކަމަށް ބުރޫއަރައި ވަޒީފާގެ ދަތިކަމާއި ޞިއެްޙީ ޚިދުމަތްތަަކަށްވެސް ބުރޫއަރާނެ ކަމުގައި ބުނެފައި ވެއެވެ.
ވޯލްޑް ބޭންކުން މި ފަދަ ރިޕޯޓެއް ނެރުމުގެ ކުރީން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ނޫސްވެރިންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަ ފުޅުގައިވެސް ވިދާޅުވެފައިވަނީ މި ރޯގާބަލިމަޑުކަމުގައި އިޤްތިޞާދީ ގޮތުން އެންމެ ބޮޑަށް އަސަރުކުރާ ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭނެ ކަމަށެވެ. މިކަމާއި ގުޅިގެން ރާއްޖެއިން ވަރަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުން ގެންދާ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ. ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ވިޔަފާރިތަކަށާއި ވަޒީފާ ތަކަށް ކުރާ އަސަރު ކުޑަކުރުމަށްޓަކާ ސަރުކާރުން ވަނީ ޚާއްޞަ މާލީ އެހީގެ ޕެކޭޖެއް ވެސް ތަޢާރަފު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު