'ބިންޑީ ޑެޒާޓް'
'ބިންޑީ ޑެޒާޓް'
ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކާބޯތަކެތީގެ ވިޔަފާރިކުރަމުން އަންނަ ޔޫރޯ މާކެޓިންގް އިން، އިޓަލީގެ އެންމެ މަގުބޫލު އެއް ޕޭސްޓްރީ ބްރޭންޑް ކަމަށްވާ 'ބިންޑީ ޑެޒާޓް' ރާއްޖޭގެ ބާޒާރަށް ތައާރަފުކޮށްފިއެވެ.

1946 ވަނަ އަހަރު އުފެދުނު 'ބިންޑީ' ބްރޭންޑަކީ ފާއިތުވި 80 އެއްހާ އަހަރު ދުނިޔޭގެ ފޮނިކާތަކެތީގެ ސިނާއަތުގައި އެންމެ މަތީ ފެންވަރުގެ އުފެއްދުންތައް ހުށަހަޅައިދެމުން އަންނަ އިތުބާރު ބޮޑު ނަމެކެވެ. ޔޫރޯ މާކެޓިންގް އިން މައުލޫމާތު ދޭ ގޮތުގައި، މި ބްރޭންޑްގެ ތަފާތު އުފެއްދުންތައް މިހާރު 'ޔޫރޯ ސްޓޯރ' އިން އާންމުންނަށް ގަންނަން ލިބޭނެއެވެ.

ޔޫރޯ ސްޓޯރުގެ ޝޯކޭސްތަކުން މިހާރު ފެންނަން ހުރި ބިންޑީގެ އުފެއްދުންތަކުގެ ތެރޭގައި، ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ޓިރަމީސޫ ލޭޔާ ކޭކާއި، އިކުއެޑޯގެ މޮޅު ޗޮކްލެޓުން ތައްޔާރުކޮށްފައިވާ 'ޗޮކްލެޓް ޓެމްޕްޓޭޝަން' ހިމެނެއެވެ. މީގެ އިތުރުން އެކި ރަހަތަކުގެ ސޫފްލޭ، ކްރީމް ޕަފް، އަދި ޕިސްޓާޗިއޯ ކަޕް ފަދަ އިޓަލީގެ އަސްލު ރަހަ އެކުލެވޭ ފޮނިކާތަކެތި ލިބެން ހުންނާނެއެވެ.



މި އުފެއްދުންތަކަކީ އާންމު ކަސްޓަމަރުންގެ އިތުރުން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ހޮޓެލްތަކާއި ރެސްޓޯރަންޓްތަކަށް ވެސް އެ ފަރާތްތަކުގެ މެނޫތައް މުއްސަނދިކޮށްލުމަށް ލިބޭ ރަނގަޅު ފުރުސަތެކެވެ. ޔޫރޯ މާކެޓިންގް އިން ބުނީ، މި އުފެއްދުންތައް ބަލައިލުމަށާއި ބައްލަވައިގަތުމަށް މިހާރު ޔޫރޯ ސްޓޯރަށް ޒިޔާރަތްކުރެވޭނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު